ކައުންސިލް ލޮގިން

15 ފެބްރުއަރީ

ބ އަތޮޅު ދެކުނުގެ ރަށްތަކުގެ ކައުންސިލުގެ ރައީސުން އަދި ޒިންމާދާރު ވެރިންނާއި އަތޮޅުކައުންސިލުގެ މެމްބަރުން ބައްދަލުކުރައްވައިފި

މި ބައްދަލުވިމުގެ މައިގަނޑު މަޤްޞަދަކީ ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް މަސައްކަތުގެ ހަލުވި އިތުރުކޮށް، 2015 ވަނައަހަރުގެ ބ އަތޮޅު ކައުންސިލުގެ މަސައްކަތު ތާވަލުގައިވާ ކަންތަކާއި މެދު ރަށްތަކުގެ ކައުންސިލުގެ ވެރިންނާއި މަޝްވަރާކުރުމެވެ.
އެގޮތުން ބ އަތޮޅުގެ ރަށްތަކުގެ ކުދިންގެ ހިތުގައި ޤުރުއާން ކިޔެވުމާއި ޤުރުއާނާއި މެދު ޚާއްސަ އަހަމިއްޔަތު ކަމެއް އުފެއްދުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމާއި، ރަށްތަކުގެ ރަށްޔިތުންނާއި ކުދިންގެ ހިތުގައި ދިވެހި އަދަބިއްޔާތަށް އޮންނަ ލޯބި އިތުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަދެއްކުމުގެ މުބާރާތާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއަކަށް މަޝްވަރާ ކުރެއްވިއެވެ.
އަދި މީގެ އިތުރަށް ރަށްތަކުގެ ކައުންސިލުގެ އިދާރާތަކުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަށް ފާހަގަކޮށް އެކަންތައްތައް ހައްލުކުރަން ކުރެވެންހުރި ކަންތަކާއި ، އެ އިދާރާތަށް ހަރުދަނާކުރުމާއި މެދުވެސް މަޝްވަރާ ކުރެއްވިއެވެ.

C360 2015-02-15-12-23-07-422
މިބައްދަލުވުމުގައި ބ އަތޮޅު ކައުންސިލުގެ ރައީސް، ކައުންސިލުގެ މެމްބަރުންނާއި އަތޮޅުކައުންސިލުގެ އިދާރާގެ ޔުނިޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ކުރިޔަށް ދިޔައީ ބ އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit