ކައުންސިލް ލޮގިން

18 ފެބްރުއަރީ

އޭދަފުށީގައި ދަތުރުވެރިންގެ މާރުކޭޓެއް އެޅުމާއި ގުޅޭގޮތުން އަތޮޅުކައުންސިލުގެ ފަރާތުން އޭދަފުށީ ކައުންސިލާއި މަޝްވަރާކުރައްވައިފި

މި އަދު މެންދުރުފަހު 14:00 އަތޮޅުކައުންސިލުގެ ފަރާތުން އޭދަފުށީ ކައުންސިލުގެ މެމްބަރުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ބ އަތޮޅުގެ ދަތުރުވެރިންނަށް ލޯކަލް މާރުކޭޓެއް އޭދަފުށީގައި ގާއިމް ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމެވެ.
އެގޮތުން ކުރެވުނު މަޝްވަރާއިން ވަނީ އޭދަފުށީ އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް އަށް ދީފައިވާ ބިމާއި އިންވެގެން އޮތް ހުސްބިމުގައި 30 ފޫޓް 40 ފޫޓުގެ ވަގުތީ މާރުކޭޓެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި މިތަނުގައި ރަށް ރަށުން އެކި ބޭނުންތަކަށް އޭދަފުށްޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ފާޚާނާ ކުރެވޭނެ ނިޒާމް ވެސް ހަމަޖައްސަދޭގޮތަށް ނިންމައިފައިވެއެވެ.
މި މާރުކޭޓުގެ ސަބަބުން ދަތުރުވެރިންނަށް އެމީހުން ހައްދާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތަށް އަތޮޅުތެރެއަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ބައްދަލުވުމުގައި އޭދަފުށީގެ ކައުންސިލުގެ ރައީސް، ކައުންސިލުގެ މެމްބަރުންނާއި ޒިންމާދާރުވެރިޔާގެ އިތުރުން އަތޮޅު ކައުންސިލުގެ ރައީސް، ކައުންސިލް މެމްބަރުން އަދި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ އަތޮޅު ކައުންސިލުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit