ކައުންސިލް ލޮގިން

11 މާޗް

ބ އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާއި ބ އަތޮޅު ކައުންސިލުގެ މެމްބަރުން ބައްދަލުކުރައްވައިފި

ބ އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާއި އަތޮޅު ކައުންސިލުގެ މެމްބަރުންގެ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބ އަތޮޅު ކައުންސިލުގެ ފަރާތުން 2015 ވަނަ އަހަރަށް އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް 04 ކޮޓަރި އިމާރާތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމެވެ.
މިބައްދަލުވުމުގައި އަތޮޅުކައުންސިލުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލުގެ ނާއިބު ރައީސް މަބްރޫކު ނަސީރު ވިދާޅުވި ގޮތުގައި އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް 04 ކޮޓަރި އިމާރާތްކުރުމަށް ޕްލޭންކުރެވިފައިވާ ކަމަށާއި އަދި މިކަމަކީ އަތޮޅުހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ވަރަށްވެސް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށާއި އަތޮޅު ކައުންސިލުގެފަރާތުން މަފަދަ ކަމަކަށް ޚިޔާލުކުރެވިފައިވަނީ ، މިފަދަ މަސައްކަތްތަކަކީ އަތޮޅުގެ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވިދާނެ ޚިދުމަތެއް ކަމަށް ޤަބޫލުފުޅުކުރެވޭތީ ކަމަށް ނާއިބުރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިމަޝްވަރާ ބައްދަލުވުމުގައި އަތޮޅުހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި 03 ބޭފުޅުންވެސް ފާހަގަ ކުރެެއްވިގޮތުގައި މިކަމަކީ ވަރަށްކުރީއްސުރެ ކިޔާލު ކުރެވިގެން ރޭވިފައިވާ މަސައްކަތެއް ކަމަށާއި ނަމަވެސް ފައިސާގެ ދަތިކަން ހުރުމުގެސަބަބުން ނުވެފައިވާކަމެއް ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ ފަރާތުން މިކަމަށް އުފަލާއިއެކު މަރްހަބާ ކިޔާކަމަށް އެބޭފުޅުންގެ ވާހަކައިގައި ވިދާޅުވިއެެވެ.
މިބައްދަލުވުން ނިންމާލުމުގެ ކުރިން އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުން ވަނީ މިމަސައްކަތުގައި އިސްވެ ހަރަކާތްތެރިވާނެ 06 ބޭފުޅުންގެ ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. މި ކޮމިޓީގައި ހިމެނެނީ އަތޮޅު ހޮސްޕިޓަލުގެ 03 ބޭފުޅުންނާއި އަތޮޅު ކައުންސިލުގެ 03 ބޭފުޅުންނެވެ.
މިބައްދަލުވުމުގައި އަތޮޅުކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަތޮޅު ކައުންސިލުގެ ނާއިބު ރައީސް، މެމްބަރުން އަދި އަތޮޅުކައުންސިލުގެ ޔުނިޓްތަކުގެ އިސްވެރިންނެވެ. މި ބައްދަލުވުން ކުރިޔަށްދިޔައީ ބ އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit