ކައުންސިލް ލޮގިން

23 މާޗް

ބ އަތޮޅު އުނެސްކޯ ބައޮސްފިއަރ ރިޒާވް އޮފީހާއި ބ އަތޮޅު ކައުންސިލުގެ ޕީ. ޕީ. އާރު. އެމް ޔުނިޓްއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

2015 ވަނަ އަހަރަށް އަތޮޅު ކައުންސިލުގެ ފަރާތުން ފާސްކުރައްވާފައިވާ މަސައްކަތު ތާވަލުގައި ހިމެނޭ މިއަތޮޅު ރަށްތަކުގައި ހޭޅިފަށް ނެތް ރަށްރަށުގެ EPZ ގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފެއްޓުމާއި ބެހޭ ގޮތުން ބައޮސްފިއަރ ރިޒާވް އޮފީހާއި ބ އަތޮޅު ކައުންސިލުގެ މެމްބަރުން ގުޅިގެން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އަތޮޅުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ހިންގެވުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ގަސްއިންދުމުގެ ޕްރޮގްރާމަކީ ތިޟާވެއްޓާއި ގުޅުންހުރި ކަމަކަށް ވީހިނދު ބައޮސްފިއަރ ރިޒާވް އޮފީހުގެ ފަރާތުން މި މަސައްކަތަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިތޯ ބަލައި އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
ދެފަރާތުގައި ކުރެވުނު މިމަޝްވަރާގައި މިކަމަށް ބައޮސްފިއަރ ރިޒާވް އޮފީހުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް އެންމެ ފުރިހަމަ ގޮތެއްގައި ދެއްވާނެ ކަމަށް ބައޮސްފިއަރ ރިޒާވްއިން ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މިއަހަރުގެ ތިމާވެށީގެ ދުވަސް ކުލަގަދަގޮތެއްގައި މި އަތޮޅުގައި ފާހަގަކުރުމަށް ބައޮސްފިއަރ ރިޒާވް އޮފީހުންވެސް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއްކުރައްވަމުންދާކަމަށާއި މިހާރު އެކަމާއި ގުޅޭގޮތުން އަމަލީ މަސައްކަތްތަކެއްވެސް ވަރަށް ބާރުސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ބ އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit