ކައުންސިލް ލޮގިން

26 މާޗް

ތިމާވެށި ދުވަހާއި ގުޅުވައިގެން ގަސް އިންދުމުގެ ހަރަކާތް ހިންގުމަށް އަތޮޅު ކައުންސިލުގެ މެމްބަރުން ދަރަވަންދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އަތޮޅުކައުންސިލުގެ އިދާރާގެ 2015 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ހޭޅިފަށް ނެތް ރަށްރަށުގައި ގަސްއިންދުމުގެ ހަރަކާތާއި ގުޅޭ ގޮތުން އަތޮޅު ކައުންސިލުގެ ބައެއް މެމްބަރުން ދަރަވަންދޫ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދަރަވަންދޫގެ ހުޅަނގު އުތުރުފަރާތް އާދަޔާ ޚިލާފަށް ގިރަމުންދާތީ އެ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތަކާއި ބެހޭ ގޮތުންނާއި މި އަހަރުގެ ތިމާވެށި ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން އަތޮޅުގައި ފުރަތަމަ ގަސް އިންދުމުގެ ހަރަކާތް ދަރަވަންދޫގައި ކުރިއަށް ގެންދިޔުމާއި ބެހޭގޮތުންނެވެ.
އަތޮޅު ކައުންސިލުގެ ފަރާތުން ދަރަވަންދޫގައި ގަސްއިންދުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމުގައި ދަރަވަންދޫ ކައުންސިލާއި އެރަށުގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކާއި ކްލަބް ޖަމިއްޔާތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ދަރަވަންދޫ ކައުންސިލުން ވިދާޅުވިއެވެ. އަދި މި ކަމުގައި އަތޮޅުގެ ރިސޯޓްތަކުގެ އެހީތެރިކަން ހޯދުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.
ގަސްއިންދުމުގެ ހަރަކާތުގެ އިތުރުން ރަށުގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި އަތޮޅު ކައުންސިލުގެ ފަރާތުން ދަރަވަންދޫއިން ގިރަމުންދާ ޞަރަޙައްދު ބަލާ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެފަރާތްތަކުގައި ދެންނެވުމަށްވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ދަރަވަންދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit