ކައުންސިލް ލޮގިން

31 މާޗް

އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވައިފި

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބ. އޭދަފުށީގައި އެޅި ފުޓްސަލް ދަނޑު މިއަދު ހުޅުވައިފި އެވެ. މި ރަސްމިއްޔާތު ފެށިގެންދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އޭގެ އިތުރުން އޭދަފުށި ކައުންސިލުގެ އިދާރާގެ ރައީސް ގެ ވާހަކަފުޅުގެ އިތުރުން ޔޫތުމިނިސްޓަރ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމަ އެއާއި އެކު އޭދަފުށީ ޑައުންޓައުންގެ ފަރާތުން މުނިފޫހިފިލުވުމުގެ އައިޓަމެއްގެ ގޮތުން ބޮޑުބެރު ޖެހިއެވެ.
އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. މި ފުޓްސަލް ދަނޑަކީ ދެ މިލިއަން ރުފިޔާގެ ބަޖެޓަކުން، އަމިއްލަ ކޮންސްޓަރްކްޝަން ކުންފުންޏެއް ކަމަށްވާ ލޯން ސްޓާ އިން އެޅި ދަނޑެކެވެ
އޭދަފުށީގައި ހުޅުވި މި ފުޓްސަލް ދަނޑަކީ މި އަތޮޅުގައި އެޅި މިފަދަ ފުރަތަމަ ދަނޑެވެ. އަދި ކައިރި މުސްތަގުބަލެއްގައި މިއަތޮޅު ތުޅާދޫގައިވެސް ފުޓްސަލް ދަނޑެއް ހުޅުވާނެ ކަމަށް ޔޫތު މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު މި ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

000 (2)
މިއީ ބ. އަތޮޅުގައި ފުރަތަމަ ހުޅުވުނު ފުޓްސަލް ދަނޑު. އަޅުގަނޑުމެން ފުރަތަމަ ބެލިން ތުޅާދޫ ދަނޑާއި މި ދަނޑު އެއްދުވަހެއްގައި ހުޅުވޭތޯ، އެހެން ނަމަވެސް ތުޅާދޫ ދަނޑުގެ މަސައްކަތް ކުޑަ ތަންކޮޅެއް ލަސްވުމުން އެކަން ކާމިޔާބުނުވި. އެ ދަނޑު ވެސް ވަރަށް އަވަހަށް ހުޅުވާނެ،" މިއަދު އޭދަފުށީގައި ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރ ވިދާޅުވީ، ސްޕޯޓްސް އެރީނާގެ ދެން ހުރި ބައިތައް ކަމަށްވާ ވޮލީ ކޯޓާއި ބާސްކެޓް އަދި ނެޓްބޯޅަ ކޯޓު ނިންމައި އެންމެ ފުރަތަމަ ސްޕޯޓްސް އެރީނާ ހުޅުވޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ވާނެ ކަމަށެވެ.
ރޭގަނޑާއި ދުވާލު ވެސް ބޭނުން ކުރެވޭ ގޮތަށް ހުޅުވި މި ފުޓްސަލް ދަނޑުގެ ބޭނުން އަންހެނުންނަށާއި ފިރިހެންނުންނަށް ވެސް ކުރެވޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ފުޓުސަލް ދަނޑު ހަމައެކަނި ބޭނުން ކުރެވޭނީ ފުޓްބޯޅަ އެކަނި ކުޅުމަކަށް ނޫނެވެ. ފުޓްބޯޅައިގެ އިތުރުން ނެޓްބޯޅައާއި ބާސްކެޓްބޯޅަފަދަ ކުޅިވަރުތައް ކުޅުމަށް ދެޖިންސުގެ ބޭފުޅުންނަސް ވެސް ބޭނުކުރެވޭނެކަމަށެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި މި ހުޅުވޭ ފުޓްސަލް ދަނޑުތަކުގެ ބޭނުން ޒުވާނުން ހެޔޮ ގޮތުގައި ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit