ކައުންސިލް ލޮގިން

22 އެޕްރިލް

ބ އަތޮޅު ޤުރުއާން މުބާރާތް ބުރާސްފަތި ދުވަހުގެ ރޭ

ޤުރްއާން ކިޔެވުމުގެ ބ އަތޮޅު މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި މަލްޓިޕާޕާސް ހޯލުގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން މި މުބާރާތުގައި މިއަތޮޅުގެ ހަ ރަށަކުން 71 ދަރިވަރުން ވާދަކުރާނެ އެވެ.

އޭޕްރިލް 23-25 އަށް އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިންނެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކަމަދޫ، ދޮންފަނު، ކަމަދޫ އަދި އޭދަފުއްޓެވެ.

އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތުގަިއ އަތޮޅު ތަމްސީލުކުރާނެ ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 15 ދަރިވަރުންނަށް ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit