ކައުންސިލް ލޮގިން

23 އެޕްރިލް

ބ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތް ފަށައިފި

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ގުރުއާން މުބާރާތް މިރޭ އޭދަފުށީގައި ފަށައިފި އެވެ.
އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ފެށިގެން ދިޔަ މި ގުރުއާން މުބާރާތް އިފުތިތާހު ކޮށްދެއްވީ ތައުލީމީ މަރުކަޒުގެ ގްރެޖުއޭޓް ލީޑިން ޓީޗަރު އަދި އިސްލާމް މުދަައްރިސް އައްޝައިޚް މުހައްމަދު ހަބީބު އެވެ.
ގުރުއާން މުބާރާތް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ހަބީބު ވަނީ ގުރްއާން ކިޔަވާއިރު އަދި މީގެ ފަހުން ފަރިތަ ކުރުމަން ގެންދާއިރުވެސް އެއީ ހަމައެކަނި ފަރިތަ ކުރުމެއް ކަމުގައި ނުބަލާ، ގުރުއާން ކިޔެވުމަކީ ސަވާބުލިބޭ އަޅުކަމެއްގެ ގޮތުގައި ގަބޫލުކޮށް ނިޔަތް ބާއްވައިގެން އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ.
މިއަދު މި ކުރެވޭ މަސައްކަތަކީ މި ބިންމަތީގައި ކުރެވޭނެ އެންމެ ރަނގަޅު، އެންމެ ހެޔޮ މަސައްކަތް. އޭގެ އަގު ބޮޑު، މިއަދު މިތަނުން މާބޮޑޫ އެއްޗެއް ނުލިބުނު ކަމުގައި ވިޔަސް ފަހަށް ރައްކާކުރެވޭ އެއްޗެއް ވަރަށް ބޮޑު. އެކަމަކު އެގޮތަށް އެ އެއޗެއް ރައްކާ ކުރެވޭނީ ނިޔަތާ އެކީގައި އެކަން ކުރުމުން" ހަބީބު ވިދާލުވި އެވެ.

މި އަހަރުގެ އަތޮޅު ގުރުއާން މުބާރާތުގައި މިއަތޮޅުގެ 8 ރަށަކުން 71 ދަރިވަރުން ބައިވެރިވެފައި ވެ އެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކިހާދޫ، ދޮންފަނު، ކަމަދޫ އަދި އޭދަފުއްޓެވެ.

މި މުބާރާތް ހުކުރު ދުވަހަުގެ ރޭ ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު އެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ދަރިވަރުންނަށް މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit