ކައުންސިލް ލޮގިން

26 އެޕްރިލް

ބ އަތޮޅު ގުރްއާން މުބާރާތް 2015 ގެ އެއްވަނަ އައުފާ އާއި އީނާލް ހޯދައިފި

ބ އަތޮޅުގެ ރަށްތަކުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ބާއްވާ ޤުރްއާން މުބާރާތް " ބ އަތޮޅު ޤުރްއާން މުބާރާތް " ގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ތުޅާދޫ ކައުންސިލްގެ ދަރިވަރު އައުފާ ރަޝީދު އަދި ހިތު ދަސްކުރުމުގެ ގޮފިން އައިޝަތު އީނާލް ހޯދައިފި އެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ތުޅާދޫ ސްކޫލުގެ އައުފާ ރަޝީދު ހޯދީ އެ ގޮފިން 46 ދަރިވަރުނާ ވާދަކޮށްގެންނެވެ. ހިތު ދަސްކުރުމުގެ ބައިން ކެންދޫ އައިސިރު ޕްރީ ސްކޫލުގެ އީނާނު އެއްވަނަ ހޯދީ އެ ގޮފީގެ 25 ދަރިވަރުންނާ ވާދަކޮށްގެނެވެ.

001
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހިތާދޫ، އެރޯމާ ނުހާ އިޝްހާގު ހޯދިއިރު، އެ ބައިން ތިންވަނަ ހޯދީ ހިތާދޫ ޖަވާހިރުވާނީ، ނާއިލާ މުހައްމަދު އެވެ. ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ދެވަނަ ހޯދީ އޭދަފުށީ ކައުންސިލް އިދާރާގެ ދަރިވަރު ސޯސަންގެ / ޅ ނައިފަރު އަބުދުﷲ ނާއިފް ނަޒީހް އެވެ. އަދި ތިންވަނަ ހޯދާފައި ވަނީ ކެންދޫ ކައުންސިލް އިދާރާގެ ދަރިވަރު މެދުގެ ބ ކެންދޫ ސަދާން ޢަބްދުލް ހަމީދު އެވެ
މި މުބާރާތުގެ އެންމެ ރަނގަޅު 15 ދަރިވަރަކު ވަނީ ގައުމީ ގުރުއާން މުބާރާތަށް ހޮވައިފަ އެވެ. އެއީ ތުޅާދޫ ކައުންސިލުގެ ފަސް ދަރިވަރުންނާއި ހިތާދޫ އަދި އޭދަފުށި މިއިން ކޮންމެ ކައުންސިލަކުން 4 ދަރިވަރުންނާއި ކެންދޫ ކައުންސިލުގެ ދެ ދަރިވަރުންނެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި އޭދަފުށީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިއަތޮޅުން 8 ރަށަކުން 71 ބައިވެރިން ވާދަ ކުރި އެވެ.
ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅު މާލޭގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކުރީކޮޅު ފުރަތަމަ ޓާމުގެ ބަންދުތެރޭ ގަ އެވެ.

30 ވަނަ ޤައުމީ ޤުރްއާން މުބާރާތަށް ބ އަތޮޅުން ހޮވުނު ދަރިވަރުންގެ ނަންތައް

ނުހާ އިޝްހާގު، އެރޯމާ / ހިތާދޫ
ސަމްހާ އަހްމަދު، މަޒާ / ހިތާދޫ
ނާއިލާ މުޙައްމަދު، ޖަވާހިރުވާދީ / ހިތާދޫ
ނަޖުމާ އަބްދުﷲ، ސުހާނީ / ހިތާދޫ
މުޢާން މުއުތަސިމް، އުއްތަރު / ތުޅާދޫ
އައުފާ ރަޝީދު، ދިލްކުސާގެ / ތުޅާދޫ
އަހްމަދު ނަޒީރު. ހެދޭކުރި / ބ. ތުޅާދޫ
ސުހުމާ ޔޫސުފް، އާހިޔާ / ބ. ތުޅާދޫ
އަނޫފް އަބްދުއްރަހްމާން، ކަންމަތީ އަތިރީގެ / ތުޅާދޫ
ހައިޝަމް ޚާލިދު، ދޮންދުބުރި / އޭދަފުށި
ނުޢުމާ މުޙައްމަދު، ހަވީރު / ބ. އޭދަފުށި
މުޙައްމަދު ނާއިޝް، ދަނބުގެ / އޭދަފުށި
ޢަބްދުﷲ ނާއިފް ނަޒީހް، ސޯސަންގެ / ޅ. ނައިފަރު (އޭދަފުށި)
ސަދާން ޢަބްދުލްޙަމީދު، ރަންތަރި / ކެންދޫ
އައިޝަތު އީނާލް، ހަތިހާ / ރ. އަލިފުށި (ކެންދޫ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit