ކައުންސިލް ލޮގިން

3 ޖޫން

ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް އޭދަފުށިގައި ފަށައިފި.

އެފްއޭއެމްއާ ބ. އަތޮޅު ކައުންސިލް ގުޅިގެން ބޭސިކް ފުޓްބޯލް ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި އެވެ. އަތޮޅު ފުޓްބޯޅަ މުބާރާތް 2015 ފެށުމުގެ ކުރިން އެފް އޭ އެމް އިން އިންތިޒާމް ކޮށްގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް ރެފްރީން ތަމްރީން ކުރުމުގެ ކޯސް ޒޯން 3 ގައި ހިމެނޭ ނ.ރ.ބ.ޅ 4 އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ޖޫން 2-9 ގެ ނިޔަލަށް އޭދަފުށީގައި ކުރިއަށްގެންދާ މި ކޯހުގައި 17 ފަރާތަކުން ބައިވެރިވެ އެވެ.
މި ކޯސް ފެއްޓެވުމުގެ ގޮތުން އޭދަފުށީ ޔޫތް ސެންޓަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާދިލް ވިދާޅުވީ މި ކޯސް ހިންގެވުމަށް ލިބުނު މުއްދަތު ކުރުވުމުގެ ސަބަބުން ބައިވެރިންގެ އަދަދު މަދު ނަމަވެސް ހިތްހަމަޖެހޭ އަދަދަކަށް ބައިވެރިން ބައިވެރިވެފައިވާތީ އެކަމާ އުފާކުރާކަމުގައެވެ. އަދި މިފަދަ ކޯހެށް އެފް. އޭ. އެމް އިން ރާވާ ހިންގާތީ އެކަމަށްޓަކައި އެފް. އޭ. އެމް އަށް ވަރަށް އިޚްލާސްތެރި ޝުކުރެއް އަދާކުރާ ކަމުގައެވެ. އުއްމީދު ކުރަނީ މިކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިންވެސް އެފް. އޭ. އެމް ގެ ރެފްރީ ބެޖް ހާސިލްކުރާނެކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އަތޮޅުގެ ތަރައްޤީ އަށް ކުރެވޭ މިފަދަ ކަންތަކުގައި ބ އަތޮޅު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައިވެސް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

1
މި ކޯހުގައި ބައިވެރިވުމަށް ޒޯން 3 (ނ، ރ، ބ އަދި ޅ) ގެ ހުރިހާ ރަށްރަކަށް ފުރުސަތު ހުޅުވާލި ނަމަވެސް ބ. އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުން ބައިވެރިއެއް ނުވެއެވެ. ބ. އަތޮޅުން ކޯހުގައި ބައިވެރިވީ އޭދަފުއްޓާއި ކަމަދޫ އަދި ފެހެންދޫންނެވެ.
މި ކޯހުގައި ކިޔަވައިދެއްވަނީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު އެސިސްޓެންޓް ރެފްރީ އިބްރާހިމް ތައުފީގް (ޑޯނާ) އެވެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit