ކައުންސިލް ލޮގިން

8 ޖޫން

ބ އަތޮޅުގައި ތިމާވެށިގެ ދުވަސް ފާހަގަކޮށްފި

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ އަތޮޅު ކައުންސިލް އާއި ބައޮސްފިއަރ ރިޒާވް އޮފީހާއި ގުޅިގެން ބ އަތޮޅުގައި ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރީ ގޮއިދޫގަ އާއި ތުޅާދޫގަ އެވެ. އެގޮތުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގޮއިދޫ ކޯރު ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް އަދި ތުޅާދޫ ފެހިކުރުމުގެ މަޤްޞަދުގައި އެރަށުގެ ހިއްކި ބިމުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި އަތޮޅު ކައުންސިލު އިދާރާގެ މުވައްޒަފުން އަދި ގޮއިދޫ ކައުންސިލްއާއި ރައްޔިތުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޯރު ސަރަހައްދު ހޭޅިފަށުން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.

E16
މި ދެ ރަށުގައި ހިންގި ހަރަކާތްތަކުގައިވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ދީދީ އާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. އަދި ބައޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި އަތޮޅު ކައުންސިލުގެ މުވައްޒަފުންގެ އިތުރުން ތުޅާދޫއާއި ގޮއިދޫ ކައުންސިލުގެ މުވައްޒަފުން ބައިވެރިވި އެވެ. އަދި އެ ދެރަށުގެ ސްކޫލުތަކުގެ ތިމާވެށި ކްލަބުގެ ދަރިވަރުންނާއި ޓީޗަރުންވެސް ބައިވެރިވި އެވެ.

E09
މި ހަރަކާތްތަށް ނިންމާލަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުހައްމަދު ދީދީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ " ކޯރުފަދަ ގުދްރަތީ ރިތިކަންލިބިފައި ވަނީ މިރާޢްޖޭގެ ވަރަށް މަދު ރަށްތަކަކަށެވެ. މިފަދަރަށްތަކަށް ލިބިފައިމިވާ ގުދުރަތީ ޒީނާތްތެރިކަން އަޅުގަނޑުމެން އެންމެންގެ މަސައްކަތުން ދަމަހައްޓަންޖެހެއެވެ. ސަބަބަކީ މިފަދަ ތަންތަނަކީ އަޅުގަނޑުމެން ދެންއަންނަ ޖީލުތަކަށް މިފަދަ ތަންތަނުން ނަފާހޯދުމަށް ހަވާލުކުރަންޖެހޭތަންނެވެ". ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް މިފަދަ ކޯރުފަދަތަންތަނުން އެކަށީގެންވާ ނަފާއެއް ލިބޭނެފަދަ ވަސީލަތްތަށް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި ހިމާޔަތް ކުރެވިފައިވާ ދޫނިފަދަ ތަކެއްޗަކީ އޭގައިން އަޅުގަނޑު މެންނަށް ނުހަނު ފައިދާ ކުރާތަކެއްޗަށް ވާ އިރު އެ އެއްޗިހި ހިފާ ހައްޔަރުކުރުމާއި މަރާލުންފަދަ ކަންތަށް ނުކުރުމަށްވެސް މިނިސްޓަރ ވަނީ ނަޞޭހަތްތެރިވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit