ކައުންސިލް ލޮގިން

9 ޖޫން

ބ އަތޮޅު ދަރަވަންދޫގައި ޑީސަލް އަދި ޕެޓްރޯލް ވިއްކުމަށް ސްޓޭޝަން އެއް ހުޅުވައިފި

ދަރަވަންދޫ ފިޔުލް ސާވިސްގެ ނަމުގައި ތެޔޮއަޅާ ސްޓޭޝަންއެއް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ. މި ސްޓޭޝަން އަކީ ނ،ރ،ބ،ޅ ގައި ހުޅުވުނު ފުރަތަމަ ތެޔޮއަޅާ ސްޓޭޝަން އެވެ. ދަރަވަންދޫ ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ހުޅުވި މި ތެޔޮ ސްޓޭޝަން ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އާއި ދުސިޓް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޔޮއާހިމް އެވެ.
ދަރަވަންދޫ ފިއުލް ސާވިސަސް އިން ބުނިގޮތުގައި މި ފިއުލް ޝެޑްގެ ހިދުމަތް ލިބިގަންނަ ފަރާތް ތަކުގެ ތެރޭގައި އާންމު ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓްތައް އަދި ބ. އަތޮޅާއި ކައިރި އަތޮޅު ތަކުގެ އުޅަނދު ފަހަރު ހިމެނެ އެވެ. އެތަން ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 9 އިން ރޭގަނޑު 10 އަށެވެ.
މިސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަރަވަންދޫ ފިޔުލްސްޓޭޝަން ގެ މެނޭޖަރ އަލްފާޟިލް މުހައްމަދު މައުރޫފް ވިދާޅުވިގޮތުގައި ދަރަވަންދޫ ފިޔުލް ސްޓޭޝަންގެ މަގްޞަދަކީ އެ ސްޓޭޝަން އިން ޚިދްމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ހެޔޮ އަގުތަކެއްގައި ފަސޭހަކަމާއިއެކު ޑީސަލް އަދި ޕެޓްރޯލް ފޯރުކޮށްދިނުމެވެ.

f7
ޑީސަލާއި ޕެޓްރޯލްގެ އިތުރުން އިންޖީނަށް ސާވިސް ކުރަން ބޭނުންވާ ލުބްރިކަންޓްސް އަދި ސްޕެއާ ޕާޓްސްވެސް ކައިރި މުސްތަގުބަލެއްގައި އެތަނުން ލިބެން ހުންނާނެ ކަމަށެވެ.
"އަދި މާކިއުރީ ބްރޭންޑްގެ އިންޖީނުތަކަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ސްޕެއާ ޕާޓްސްވެސް ލިބެން ހުންނާނެއެވެ. އަދި ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދު ފަހަރާއި އެއްގަމުގައި ދަތުރު ކުރާ އުޅަނދު ފަހަރުގެ މަރާމާތު ކުރެވޭފަދަ ވޯކްޝޮޕެއްގެ ޚިދުމަތް ދެވޭނެފަދަ ވަސީލަތެއް މި ސްޓޭޝަންގައި ގާއިމްކުރެވިގެންދާނެކަމަށް މައުރޫފްގެ ވާހަކަފުޅުގައި ވިދާލުވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު އާދިލް ވިދާޅުވީ މިއީ ބ އަތޮޅުގެ ތަރައްޤީއަށް ކުރެވުނު ވަރަށް ބޭނުންތެރިކަމެއްކަމަށާއި މީގެސަބަބުން އަތޮޅުގެ ވަރަށްގިނަ ފަރާތްތަކަކަށް ތެޔޮހޯދުމުގައި ވަރަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. އަދި މިފަދަ ވަސީލަތެއް ގާއިމް ކޮށްދެއްވީތީ ދަރަވަންދޫ ފިޔުލް ސާވިސް އަށް އިޚްލާސްތެރި ޝުކުރެއް ރައްދު ކުރައްވާކަމަށެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް އަކީ މާކިއުރީ މެރިންގެ ފުރަތަމަ އޮތޮރައިޒްޑް ރީސެލާ އެވެ

PHOTO GALLERY LINK: http://baa.gov.mv/gallery#nanogallery/nanoGallery/6158297986762998561

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit