ކައުންސިލް ލޮގިން

9 ޖޫން

އެފް އޭ އެމް ގެ ފަރާތުން އޭދަފުށީގައި ބޭއްވުނުރެފްރީން ތަމްރީން ކުރާ ކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްދެއްވައިފި

ނ،ރ،ބ،ޅ އަށް ހުޅުވާލައިގެން ބ އަތޮޅު އޭދަފުށީގައި ބޭއްވުނު ރެފްރީން ތަމްރީންކުރުމުގެ ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިފިއެވެ. ބޭސިކް ރެފްރީ ކޯސް ނިންމި ރެފްރީންނަށް ސެޓްފިކެޓް ހަވާލްކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާދިލް އާއި ކޯހުގައި ކިޔަވައިދެއްވި 2 އިންސްޓްރަކްޓަރުން ކަމުގައިވާ އިބްރާހީމް ތައުފީޤްއަދި އާދަމް ފަޒީލް، މި ކޯސް ނިންމުމަށް ރޭ އޭދަފުށީ ޔޫތް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
02 ޖޫން އިން 09 ޖޫން އަށް ކުރިއަށް ދިޔަ މިކޯހުގައި 16 ބައިވެރިން ބައިވެރިވެ 14 ބައިވެރިން ވަނީ ކޯސްފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މީގެ ތެރެއިން 08 ބައިވެރިން މިކޯހުގެ ފިޓްނަސް ޓެސްޓް އަދި ތިއޮރީ ޓެސްޓުން ފާސްވެ އެފް އޭ އެމް ގެ ބެޖް ހާސިލްކޮށްފައިވާއިރު އަނެއް 06 ބައިވެރިން ފިޓްނަސް ޓެސްޓްއިން ފެއިލް ވެފައި ވާތީ އެބައިވެރިން ފަހުން ފިޓްނަސް ޓެސްޓްގައި ބައިވެރިވުމުން އެފް އޭ އެމް ގެ ބެޖް ހަވާލުކުރެވޭނެކަމަށް މި ކޯހުގައި ކިޔަވައިދެއްވި ރެފްރީ އިބްރާހިމް ތައުފީގް (ޑޯނާ) ވަނީ ވިދާޅުވެފައެވެ.

r35
އަދި މި 06 ބައިވެރިން ފިޓްނަސް އިން ފާސްނުވި ކަމުގައިވިޔަސް ތިއޮރީ ޓެސްޓުން ފާސްވެފައިވާތީ މިހާރުވެސް ރެފްރީކަން ކުރެވޭނެކަމަށްވެސް އިބްރާހިމް ތައުފީގް (ޑޯނާ) ވަނީ ވިދާޅުވެފައެވެ.
މި ކޯހުގައި ބައިވެރި ވެ މުޅި ކޯހުން 01 ވަނަ ހާސިލްކޮށްފައިވަނީ ބ ފެހެންދޫ މާވިނަ އާދަމް ނަސީމް އެވެ.
މި ރަސްމިއްޔާތު ގައި ޥާހަކަފުޅު ދައްކަވަމުން ބ އަތޮޅުގެ ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު އާދިލް ވިދާޅުވެފައިވަނީ މިއީ އަދި ފެށުން ކަމުގައެވެ. ހުރިހާ ބައިވެރިންވެސް ދެވެން އޮތް އެންމެ ކުރިއަށް ދިޔުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް ރައީސް އިއުތިމާސް ކުރެއްވިއެވެ. އަދި މިކަމުގައި އަތޮޅު ކައުންސިލް އިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

PHOTO GALLERY LINK: http://baa.gov.mv/gallery#nanogallery/nanoGallery/6158300364309608737

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit