ކައުންސިލް ލޮގިން

2 ޖުލައި

ރަމަޟާން މަހާއި ގުޅުވައިގެން ބ އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދީފި

ބ. އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމް ކޮށްގެން މިހިގާ ރަމަޟާންމަހާއި ގުޅުވައިގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ރަމަޟާން މަހުގެ ދުވަސްތައް އިހްޔާ ކުރުމުގެ ގޮތުން މިދިޔަ ހަފުތާ ތެރޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އަދި އަތޮޅު ކައުންސިލު އިދާރާ ގުޅިގެން ކުރިއަށްގެދިޔަ ޕްރޮގްރާމެކެވެ.

majeed

ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރަށްރަށުގައި ދީނީ ނަސޭހަތް ދެއްވީ ޑރ އަބްދުﷲ ޝިހާމް ހަސަން އާއި އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އެވެ.
މި ޕްރޮގްރާމަށް ބ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
މިއީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހާއި ގުޅުވައިގެން ބ އަތޮޅު ކައުންސިލް އިދާރާގެ ވޯކްޕްލޭންގައި ހިމަނައިގެން ދީނަށްޓަކައި މީހުން ހޭލުންތެރިކަން އިތުރުކޮށް ރަމަޟާން މަހުގެ މުހިންމުކަން ބ އަތޮޅުގެ ރައްޔިތުންނަށް އަންގައިދީ ރައްޔިތުންގެ ހިތްތަކުގައި ރަމަޟާންމަހާމެދު ޚާއްސަ ސަމާލުކަމެއް އުފެއްދުމުގެ ގޮތުންކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މިދިޔަ އަހަރުވެސް ވަނީ އަތޮޅު ކައުންސިލް އިން އިންތިޒާމް ކޮށްގެން މިފަދަ ޕްރޮގްރާމެއް ބާއްވާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit