ކައުންސިލް ލޮގިން

13 އޯގަސްޓް

ބ އަތޮޅު ކައުންސިލް އިން އިންތިޒާމް ކޮށްގެން ބާއްވާ " ބ އަތޮޅު ކައުންސިލް ބަށި މުބާރާތް 2015" ގައި ބައިވެރިވުމުގެ ފުރުސަތު ޓީމުތަކަށް ހުޅުވައިލައިފި

ބޮޑު ޗުއްޓީއާއި ދިމާކޮށް ބ އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމް ކޮށްގެން ބާއްވަމުންދާ " ބ އަތޮޅު ކައުންސިލް ބަށި މުބާރާތް " މިއަހަރު ނޮވެމްބަރު މަހުގެ 20 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތުގެ މަގްޞަދަކީ ބ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އިތުރުން ބ. އަތޮޅުގައާއި އަދި ރާއްޖޭގައި ބަށި ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދަދިނުމެވެ
މި މުބާރާތުގައި ބައިވެރިވެވޭނީ ބ އަތޮޅު ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކުންވެސް 01 ޓީމަށެވެ. މި މުބާރާތުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، މިއަދުންފެށިގެން 13 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް އަތޮޅު ކައުންސިލްއަށް ހުށަހެޅޭނެވެ.
ނިމިގެންދިޔަ 2014 ވަނަ އަހަރުގައި ބޮޑު ތަރުހީބެއް ލިބުނު މި މުބާރާތް މިދިޔަ އަހަރަށް ވުރެން ފެންވަރު ރަގަޅު ކޮށް ގެންދެވެން އޮތް އެންމެ ފުރިހަމަ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ބ އަތޮޅު ކައުންސިލް އިދާރާއިން ކުރައްވަމުން ގެންދަވާކަމަށް މުބާރާތް އިންތިޒާމް ކުރާ ޔުނިޓްގެ ހެޑް އ. ޑިރެކްޓަރ އަލްފާޟިލް މޫސާ ފާއިޒް ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި " އަތޮޅުކައުންސިލް ބަށި މުބާރާތް 2015 " ގެ ޤަވާއިދު މި ވެބްސައިޓުގެ ޑައުންލޯޑްސް ބައިން ލިބެން ހުންނާނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit