ކައުންސިލް ލޮގިން

23 އޯގަސްޓް

ބ އަތޮޅުގައި މީރާގެ އޮފީހެއް ހުޅުވަނީ

ބ.އަތޮޅުގައި މޯލްޑިވްސް އިންލޭންޑް ރެވެނިޔު (މީރާ)ގެ އޮފީހެއް ހުޅުވައި ހިދުމަތް އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމުގައި މީރާއިން ބުނެފިއެވެ. މިގޮތުން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅު އޭދަފުށީގައި ގާއިމް ކުރާ މީރާގެ އޮފީހަކުންނެވެ. މިގޮތުން މީރާއިން ދޭ މައިގަޑު ހުރިހާ ހިދުމަތްތައް މިއޮފީހުންވެސް ލިބެން ހުންނާނެކަމަށާއި އޮފީސް ހިނގަމުންދާނީ ކަލެކްޓިވް ޕޮއިންޓެއްގެ ގޮތުގައި ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މިގޮތަށް މީރާއިން ދޭ ހިދުމަތްތަކާއެކު އޮފީހެއް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު ގާތުން ހިދުމަތްތައް ލިބިގެން ދިޔުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ތަކެއްވެސް ލިބިގެން ދާނެއެވެ. މިހިދުމަތް ދިނުމަށް ބ އަތޮޅު ކައުންސިލުން މިހާރު ވަނީ އިމާރާތެއް ހަމަޖައްސައިދީފައެވެ. އަދި މިހާރުވެސް މީރާގެ ބައެއް ހިދުމަތްތައް ބ އަތޮޅު ކައުންސިލުން އަންނަނީ ދެމުންނެވެ ، މި އުފީސް ހުޅުވުމުން މީރާ ގެ ހުރިހާ ހިދުމަތެއް ދެން ދޭނީ މީރާގެ އޮފީހުންނެވެ. ކުރިޔަށް އޮތްތަނުގައި އިތުރު ހިދުމަތްތައް ބ އަތޮޅުގައި ފެށުމަށް ބ އަތޮޅު ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit