ކައުންސިލް ލޮގިން

12 އޮކްޓޯބަރ

ބ. އަތޮޅު "ފުނަ" ހަރަކާތް އޮކްޓޯބަރ 23،24 ގައި އޭދަފުށީގައި

މިނިވަން ފަންސާސްހުގެ ހަރަކާތް ތަކުގެ ތެރެއިން މުޅި ރާއްޖޭގައި އަތޮޅު ތަކަށް ބަހާލައިގެން ބާއްވަމުން ގެންދާ "ފުނަ" ހަރަކާތް ބ.އަތޮޅުގައި އޮކްޓޯބަރ 23،24 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ބައިވެރިވަނީ ބ. ކަމަދޫ، ބ. މާޅޮސް ބ. ކެންދޫ އަދި ބ.އޭދަފުށީއެވެ. ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުށީގައެވެ.
އަތޮޅު ކައުންސިލު މެދުވެރިވެގެން ހިންގޭ މިހަރަކާތް ހިންގުމަށް މިހާރު ވަނީ އޭދަފުށީގެ އޮފީސްތަކުގެ އިސް ވެރިން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލާ މަސައްކަތް ފެށިފައެވެ. މިގޮތުން ބާއްވާނެ ސަރަހައްދަކާ ބައިވެރިކުރާނެ ހަރަކާތްތަކާއި ހަރަކާތް ކުރިއަށްދާ ސަރަހައްދު ތައްޔާރު ކުރާނެ ގޮތެއ ވަނީ ކަނޑައެޅިފައެވެ. މިހަރަކާތާ ކުރިއަށްގެނަދާނެ ގޮތްތަކާ ބެހޭގޮތުން އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ހިޔާލުވެސް ހޯދާފައިވާނެކަމަށް މިކޮމިޓީއިން މައުލޫމާތު ދެއްވައެވެ.
ފުނަ ހަރަކާތަކީ ރާއްޖޭގެ ސަގާފަތް ދައްކާލުމުގެ ގޮތުން ސަގާފީ ކުޅިވަރުތަކާ ޒަމާނުއްސުރެ މީހުން ކޮށްއުޅުނު މަސައްކަތް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދެވޭ ސަގާފީ އީދެކެވެ. މި ހަރަކާތުގެ ތެރޭގައި ކޮންމެ އަތޮޅަކުންވެސް އެންމެ ފުރިހަމައަށްހުށަހަޅާދިން ހަރަކާތެއް ހޮވާ، ހުރިހާ އަތޮޅުތަކުން އެއްވަނަ އަށްހޮވޭ ހަރަކާތް، މާލޭގައި ދައްކާލުން އޮންނާނެ ކަމަށް މިނިވަން ފަސްސާހުގެ އޮފީހުން މައުލޫމާތު ދެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit