ކައުންސިލް ލޮގިން

15 އޮކްޓޯބަރ

ޔޫ.އެސް.އެމްބަސީގެ ފަރާތުން އަތޮޅު ކައުންސިލާއި ގުޅިގެން ބ.އަތޮޅުގެ 02 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޔޫ.އެސް.އެމްބަސީގެ ފަރާތުން ކުރިއަށްގެންދާ ޔޫ.އެސް.އެއިޑް ހިލޭ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން ބ.އަތޮޅުގެ 02 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން އެހީތެރިކަން ފޮރުކޮށްދީފައިވަނީ ބ.ދޮންފަން ސްކޫލަށާއި ބ.ހިތާދޫ ސިއްހީ މަރުކަޒަށެވެ. އޭގެތެރޭގައި ބ.ދޮންފަން ސްކޫލްގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމާއި، ބ.ހިތަދޫ ސިއްޙީމަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދީފައިވެއެވެ.
ދޮންފަން ސްކޫލްގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުން އޮތީ އަންގާރަ ދުވަހުގެ މެންދުރު، ދޮންފަން ސްކޫލްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ. މި ފޮތްތައް ދޮންފަން ސްކޫލާއި ހަވާލުކޮށްދެއްވީ ޔޫ.އެސް އެމްބަސީގެ ސިވިލް މިލިޓަރީ ސަޕޯޓް ޓީމްގެ ފަރާތުން މިސްޓަރ މައިކަލް ރީޑްއާއި، ޕޮލިޓިކަލް އެފެއާޒްގެ މިސް ޓަމެއިޝާ ހެންރީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލްއާއި ނައިބް ރައީސް މަބްރޫކް ނަޞީރުއެވެ. ދޮންފަން ސްކޫލްގެ ފަރާތުން ފޮތްތަކާއި ހަވާލުވެލެއްވީ ދޮންފަން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މޫސާ ނައީމްއެވެ. މި ބައްދަލުވުވުމުގައި ޔޫ.އެސް އެމްބަސީއާއި އެއަރ ފޯސްގެ ބައެއް ބޭފުޅުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންނާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންނާއި، ދޮންފަން ކައުންސިލްގެ މެމްބަރުންގެ އިތުރުން، ދޮންފަން ސްކޫލްގެ ބައެއް މުދައްރިސުންނާއި ދަރިވަރުން ބައިވެރެވެލެއްވިއެވެ. ދޮންފަން ސްކޫލަށް ހަދިޔާކުރެއްވި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ސައިންސް، ހިސާބު އަދި އިނގިރޭސި ލިޓްރޭޗަރ ފޮތެވެ.

ހިތާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުން އޮތީ އަންގާރަ ދުވަހު ހަވީރު، ހިތާދޫ ސިއްހީ މަރުކަޒުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ. ހިތާދޫ ސިއްހީ މަރުކަޒަށް ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި އޮކްސިމީޓަރާއި، ސްޕްލިންޓްސްއާއި، ސްޓެތެސްކޯޕާއި، ވޭލްވް މާސްކްއާއި، ގުލްކޯމީޓަރާއި، ބަރުދަން ބެލުމަށް ބޭނުންކުރާ ސްކޭލްގެ އިތުރުން އަދިވެސް ބައެއް ތަކެތި ހިމެނެއެވެ. މި ތަކެތި ހިތާދޫ ސިއްހީ މަރުކަޒާއި ހަވާލުކޮށްދެއްވީ ޔޫ.އެސް އެމްބަސީގެ ސިވިލް މިލިޓަރީ ސަޕޯޓް ޓީމްގެ ފަރާތުން މިސްޓަރ މައިކަލް ރީޑްގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލްއެވެ. ހިތާދޫ ސިއްހީމަރުކަޒުގެ ފަރާތުން ތަކެއްޗާއި ހަވާލުވެލެއްވީ ހިތާދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި ކޮމިއުނިޓީ ހެލްތް އޮފިސަރ ޝަޒްނާ އަބްދުއްރައްޒާޤް އާއި ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލްރަޝީދު އަބްދުލް ޤަފޫރުއެވެ. މި ބައްދަލުވުވުމުގައި ޔޫ.އެސް އެމްބަސީއާއި އެއަރ ފޯސްގެ ބައެއް ބޭފުޅުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންނާއި، ހިތާދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރައްވާ ބައެއް ޑޮކްޓަރުންގެ އިތުރުން ސިއްހީ މަރުކަޒުގެ ބައެއް މުވައްޒަފުން ބައިވެރެވެލެއްވިއެވެ.

ޝުކުރިއްޔާ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit