ކައުންސިލް ލޮގިން

17 ނޮވެންބަރ

އަތޮޅު ކައުންސިލްގެ ބަށި މުބާރާތް 2015ގެ ގުރުއަތުލުން ބާއްވައިފި

އަތޮޅު ކައުންސިލުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވައިފި އެވެ. ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ މިކަމަށްޓަކައި ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި އަތޮޅު ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ 6 ޓީމެވެ. 6 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. އަންނަ ހަފްތާގެ އާދީއްތަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2015 ނޮވެމްބަރ 27 ވަނަ ދުވަހު އެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ފުޅަދޫ، ހިތާދޫ އަދި ތުޅާދޫ އެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މާޅޮސް އަދި މިދިޔަ އަހަރުގެ ބަށި މުބާރާތުގެ ޗެމްޕިއަން އޭދަފުށި ޓީމް އަދި ރަނަރަޕް ގޮއިދޫ ޓީމް އެވެ.

މި މުބާރާތުގެ މަގްޞަދަކީ ބ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އިތުރުން ބ. އަތޮޅުގައާއި އަދި ރާއްޖޭގައި ބަށި ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދަދިނުމެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit