ކައުންސިލް ލޮގިން

2 ފެބްރުއަރީ

އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ސަސްޕެންޑް ކޮށްފި

ބ.އޭދަފުށި ކައުންސިލް މެމްބަރ އަލްފާޟިލް މުޙައްމަދު ރިޟާ 3 ފެބްރުއަރީ2016 އިން ފެށިގެން 3 މަސްދުވަހުގެ ނިޔަލަށް ސަސްޕެންޑް ކޮށް އެމުއްދަތުގެ ތެރޭގައި ލިބޭ މުސާރައާއި އިނާޔަތް ހިފެހެއްޓުމަށް ބ.އަތޮޅު ކައުންސިލްގެ 2 ވަނަ ދައުރުގެ 94 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މުހައްމަދު ރިޟާ ސަސްޕެންޑް ކޮށްފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް، އެފަރާތާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ މައްސަލާގައިި ކައުންސިލަރުންގެ ސުލޫކީ މިންގަޑާއި މުޙައްމަދު ރިޟާ ހިލާފުވެފައިވާނަމަ އެކަން ކަން އަތޮޅު ކައުންސިލުން ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީން ބ.އަތޮޅު ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. މިގޮތުން މުހައްމަދު ރިޟާ ސުލޫކީ މިންގަނޑުގެ (ހ)، (ށ)، (ނ) އަދި  (ކ) އަށް ހިލާފުވެފައިވާކަމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. އަދި ހަމަ އެއާއި އެކު މިމައްސަލަ ބެލުމުގައި ޖިނާއީ ކުށެއް ހިމެނޭކަމަށް އަތޮޅު ކައުންސިލަށް ފާހަގަ ކުރެވިފައިވާތީ، އެކަން ބައްލަވާ ދިނުމަށް މިހާރު ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ. މީގެ އިތުރުންވެސް އެއްކަމެއްގައި އޭދަފުށީ ކައުންސިލުން އާއްމު ރައްޔިތުންނަށް ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަ ކުރެވިފައިވާތީ މިމައްސަލަތައްވެސް އަވަސް މައްސަލައެއްގެ ގޮތުގައި އަތޮޅު ކައުންސިލުން ބެލުމަށް ވަނީ ނިންމާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit