ކައުންސިލް ލޮގިން

7 ފެބްރުއަރީ

ބ. އަތޮޅު ކައުންސިލް މެމްބަރުން އަދި އޭދަފުށީ ކައުންސިލް މެމްބަރުންނާއި ޕީ ޖީ ބައްދަލު ކުރައްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް އަލްފާޟިލާ އާއިޝަތު ބިސާމް ބ އަތޮޅަށް ވަޑައިގެން ބއަތޮޅު ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ 07 ފެބްރުއަރީ 2016 ވީ އާދީއްތަ ދުވަހު ބ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލުވުމުގައި ބ.އޭދަފުށީ ކައުންސިލްއިން ބައިވެރިވެލެއްވިއެވެ.

pg02
މި ބައްދަލުކުރެއްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ބޮޑަށް އަލިއަޅުވާލެއްވީ ބ.އޭދަފުށީގައި ގާއިމް ކުރެވިފައިވާ ޕީ.ޖީ އޮފީސް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންނެވެ. މިގޮތުން މިމަަސައްކަތަށް ބ.އަތޮޅު އަދި ބ.އޭދަފުށީ ކައުންސިލް އިން ވެދެއްވެން ހުރި އެހީތައް ބައްލަވާލާ އެކަން ކަން ކުރެވޭނެ ގޮތާމެދު ވާހަކަ ދެއްކެވިއެވެ. އަދި މީގެ އިތުރުން އަތޮޅުގައި ހިނގާ ކުށްތަކާއި ގުޅޭ ގޮތުންނާއި ކުށުގެ މިންވަރާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ. ހަމަ އެއާއި އެކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން ކުށް މަދުކުރުމުގެ ޕްރޮގްރާމް ހިންގެވުމަށް ހަމަޖެހިފައި ވާ ވާހަކަ އާއި އެރަށެއްގައި އެންމެ ގިނައިން ހިނގާ ކުށަކާއި ގުޅޭ މައުލޫމާތު އެރަށެއްގެ ރައްޔިތުންނަށް ދިނުމަށް ޕީ.ޖީ އޮފީހުގެ އެހީ ބޭނުންވާ މިންވަރާމެދުވެސް ވާހަކަ ދެކެވުނެވެ. އަދި މިފަދަ ޕްރޮގްރާމް ތަކަށް ޕީ.ޖީ އޮފީހުން ވެދެވެން އޮތް އެހީތަކާއި އެއޮފީހުގެ މުވައްޒަފުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރުވޭނެ ގޮތްތަކާމެދުވެސް ވާހަކަ ދެކެވުނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit