ބ އަތޮޅު

މާޅޮސްމަޑުލު ދެކުނުބުރި (ބ އަތޮޅު) އަކީ، މާޅޮސްމަޑުލު އުތުރުބުރިއާއި އިންވެގެން ދެކުނުގައިވާ އަތޮޅުކެވެ. އަތޮޅުގެ ބޮޑުމިނަކީ، އުތުރުން ދެކުނަށް 33.5 މޭލެވެ. އިރުން ހުޅަގަށް ހުންނަނީ، 24.5 މޭލެވެ. މީހުން ދިރިއުޅެނީ، 13 ރަށުގައެވެ. ފަޅުރަށުގެ ޢަދަދަކީ، 63 އެވެ. ރިޒޯޓްގެ އަދަދަކީ 18 އެވެ. 

1968 ވަނަ އަހަރާ ހަމައަށް އަތޮޅުގައި މީހުން ދިރިއުޅުނު ރަށުގެ އަދަދަކީ، 16 އެވެ. މީގެ ތެރޭން އުޑޫދޫ، ފުނަދޫ، މާއްޑޫ މީހުން 1968 ވަނަ އަހަރުގެ ތެރޭގައި ވަނީ، އޭދަފުއްޓަށް ބަދަލުކޮށްފައެވެ. ކިހާދޫ މީހުން 1968 ވަނައަހަރުގެ ތެރޭގައި ހިތާދުވަށް ބަދަލުކުރުމަށްފަހު 1975 ވަނައަހަރު އެބުރިވަނީ، ކިހާދުވަށް ބަދަލުވެފައެވެ. މިކަންހިންގީ އެދުވަސްވަރު ސަރުކާރުން ހިންގެވި މަޝްރޫޢަކާއި ގުޅިގެންނެވެ. 

މިއަތޮޅަކީ، މަސައްކަތްތެރިކަމުގެ ގޮތުން ޚާއްސަ ގޮތެއްގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރާބަޔަކު ދިރިއުޅޭ އަތޮޅެކެވެ. މިގޮތުން ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތަށް މުޅިރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ ރަށަކީ، މިއަތޮޅު ތުޅާދޫއެވެ. ރުކުފަތީން ތަކެތި އުފެއްދުމަށް ކިހާދޫ ފާހަގަ ކުރެވިފައިވާއިރު، މާޅޮހަކީ ސަޓާވިޔުމަށް ޚާއްޞަވެފައިވާ ރަށެކެވެ. ހަމަ އެގޮތުން ފޭލިވިޔުމުގެ މަސައްކަތަށް ޚާއްސަވެފައިވާ ބަޔަކު އޭދަފުށީގައި އުޅެފައިވެއެވެ. މިއަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތެއް އޮތް، ހުޅުވި މަސައްކަތް ކުރެވެމުންދާ އަދި ރިޒޯޓް އާއި އެކު މި އަތޮޅަކީ ޓްވަރިޒަމް އިންޑަސްޓްރީ ކުރިއަރަމުން އަންނަ އަތޮޅެއްކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިއަތޮޅަކީ ބަޔޮސްފިޔަރ ރިޒާވްއެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ކަނޑައަޅާފައިވާ އަތޮޅެވެ. މިގޮތުން ހިމާޔަތް ކުރެވިފައިކަމަށް ޔުނެސްކޯއިން ކަނޑައަޅަފައިވާ 10 ސަރަޙައްދަކާއި، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބެލެހެއްޓެމުންދާ 03 ސަރަހައްދެއް މިއަތޮޅުގައި އޮވެއެވެ. އަދި މިއަތޮޅު ދަރަވަންދޫގައި އެއަރޕޯޓެއްގެ ޚިދްމަތުގެ އިތުރުން އޭދަފުށި، ތުޅާދޫ އަދި ދަރަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދްމަތާއި، އޭދަފުށި އަދި ދަރަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދްމަތާއި، އޭދަފުށީގައި މޯލްޑިވްސް އިންލޭންޑް ރެވެނިޔުގެ ޚިދުމަތްތާއި ޕޯސްޓްގެ ޚިދްމަތުގެ އިތުރުން ދިރާގު، އުރީދޫ އަދި އެސް.ޓީ.އޯގެ ޚިދްމަތްތައް ލިބެމުން ދެއެވެ. 

1940ވަނަ އަހަރު ދިވެހި ރާއްޖެ އދ ގެ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ހަމަ ޖެހުމާއެކު ރާއްޖޭގެ އަތޮޅުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ފެށުމާއެކު ، އޭރު ރާއްޖޭގެ ވެރިޔަކަށް ހުންނެވި ސުމުވުލް އަމީރު އިބްރާހިމް ނާސިރުގެ ރާއްޖޭގެ ކޮންމެ އަތޮޅަކަށް އަތޮޅު ހިންގާނެ އިސްވެރިޔަކު ލައްވައި އެއަތޮޅެއްގެ އެއް ރަށެއްގައި ވެރިކަން ކުރާގޮތަށް ހަމަޖެއްސެވިއެވެ. އޭރު ރާއްޖޭގައި އޮތީ ވާރު ވެރިކަމެވެ. އެގޮތުން ބ.އަތޮޅުގެ ވެރިރަށެއްގެ ގޮތުގައި ހަމަ ޖެއްސީ މި އަތޮޅު ދަރަވަންދޫ އެވެ. ނަމަވެސް 1962 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވެރިންކަން ކުރާ ރަށަކީ ބ.އޭދަފުއްޓެވެ. އޭރު ބ.އަތޮޅުގެ ވެރިޔަކަށް ހުންނެވީ ބ.އޭދަފުށީ ، ރޯޝަނީގެ އަލްމަރުޙޫމް ޔޫސުފް ކަލޭފާނެވެ. މި އަތޮޅުގައި ޖުމްލަ 31 ބޭފުޅުން އަތޮޅުވެރިކަން ކުރެއްވިއެވެ.

2011 ވަނަ އަހަރު ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ޤާނޫނަށް ޢަމަލު ކުރަންފެށުމާއެކު ، ''އަތޮޅު އޮފީސް'' ތަކުގެ ނަންވަނީ ''އަތޮޅު ކައުންސިލް އިދާރާ '' ގެ ނަމަށް ބަދަލުކުރެވިފައެވެ. ކުރީގައި އަތޮޅު ހިންގުމަށް އަތޮޅު ވެރިންގެ ބަދަލުގައި ހަމަޖެހިގެންދިޔައީ، އަތޮޅު 3 ދާއިރާއިރާކަށް ބަހާލެވި 1 (ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ތުޅާދޫ) ، 2 (ހިތާދޫ، އޭދަފުށި، މާޅޮސް) ، 3 (ދަރަވަންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލު، ކެންދޫ) ކޮންމެ ދާއިރާއަކުން، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ 2 ކައުންސިލަރުންނެވެ. 3 ދާއިރާއަކަށް ބަހާލެވިފައިވާތީ ޖުމްލަ އަތޮޅު ކައުންސިލްގެ މެންބަރުގެ ޢަދަކީ 6 ބޭފުޅުންނެވެ.

26 ފެބްރުއަރީ 2011 ވަނަ ދުވަހު ކައުންސިލްގެ ފުރަތަމަ ދައުރުގައި ބ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި ހުވާކުރެވީ ކެންދޫ ދާއިރާއިން ޢަލްފާޟިލް އަބްދުއްރަޙްމާން އަބްދުﷲ ، ދިލާސާގެ / ބ.ކެންދޫ ، އަލްފާޟިލް އަބްދުލް މުއުމިން އާދާމް ،ގުލްޝަންޕާގެ / ބ.ކެންދޫ، އޭދަފުށީ ދާއިރާއިން އަލްފާޟިލް އަބޫބަކުރު އަބްދުއްރަޙްމާން ، ކީސްވިލާ / ބ.މާޅޮސް ، އަލްފާޟިލް ޙުސައިން ޒަމީލް ، ގުލްޝަންކިނާރާ / ކ.މާލެ ، ތުޅާދޫ ދާއިރާއިން އަލްފާޟިލް އިބްރާހިމް ރަޝީދު ، ޗާންދަނީގެ / ބ.ތުޅާދޫ ، އަލްފާޟިލް މުޙައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ އެވެ .

26 ފެބްރުއަރީ 2014 ގައި ދެވަނަ ދައުރަކަށް އަތޮޅުކައުންސިލަރުންނަށް ހުވާކުރެއްވި ކައުންސިލަރުންނަކީ ، ކެންދޫ ދާއިރާ އިން ޢަލީ ނާއިޛް ، ރޯޒްމީޑް / ބ.ކަމަދޫ ، ޙަސަން ސިރާޖް ، ހަވީރީނާޒް / ބ.ކުޑަރިކިލު ، އޭދަފުށީ ދާއިރާއިން މަބުރޫކު ނަޞީރު ، މީނާޒު /ބ. އޭދަފުށި ، އިބްރާހިމް ރަޝީދު ހީނާމާގެ / ބ.އޭދަފުށި ތުޅާދޫ ދާއިރާއިން ، މުހައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ ، އިބްރާހިމް ޝަރީފް ، ދޭލިޔާގެ / ބ.ތުޅާދޫއެވެ.

26 ފެބްރުއަރީ 2017 ގައި ތިންވަނަ ދައުރަކަށް އަތޮޅުކައުންސިލަރުންނަށް ހުވާކުރެއްވި ކައުންސިލަރުންނަކީ ، ކެންދޫ ދާއިރާ އިން ފާތިމަތު ސިފާނާ ، ފަޒީނާ މަންޒިލް / ބ.ދޮންފަން ، އޭދަފުށީ ދާއިރާއިން މަބުރޫކު ނަޞީރު ، މީނާޒު /ބ. އޭދަފުށި، ތުޅާދޫ ދާއިރާއިން ، އަހްމަދު އަފްރާހް ، އާރު / ބ.ތުޅާދޫއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހްތަކާއިއެކު 17 މެއި 2021ގައި ހަތަރުވަނަ ދައުރަށް އަތޮޅު ކައުންސިލްގެ ރައީސްއަކަށް ހުވާކުރެއްވީ އަހްމަދު އަފްރާހް ، އާރު / ބ.ތުޅާދޫއެވެ. އަދި ކައުންސިލް މެމްބަރުންގެ ގޮތުގައި އަތޮޅުގެ 13 ރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުން ހުވާކުރެއްވިއެވެ.

މިއަތޮޅަކީ، މަސައްކަތްތެރިކަމުގެ ގޮތުން ޚާއްސަ ގޮތެއްގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރާބަޔަކު ދިރިއުޅޭ އަތޮޅެކެވެ. މިގޮތުން ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތަށް މުޅިރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ ރަށަކީ، މިއަތޮޅު ތުޅާދޫއެވެ. ރުކުފަތީން ތަކެތި އުފެއްދުމަށް ކިހާދޫ ފާހަގަ ކުރެވިފައިވާއިރު، މާޅޮހަކީ ސަޓާވިޔުމަށް ޚާއްޞަވެފައިވާ ރަށެކެވެ. ހަމަ އެގޮތުން ފޭލިވިޔުމުގެ މަސައްކަތަށް ޚާއްސަވެފައިވާ ބަޔަކު އޭދަފުށީގައި އުޅެފައިވެއެވެ. މިއަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތެއް އޮތް، ހުޅުވި މަސައްކަތް ކުރެވެމުންދާ އަދި ރިޒޯޓް އާއި އެކު މި އަތޮޅަކީ ޓްވަރިޒަމް އިންޑަސްޓްރީ ކުރިއަރަމުން އަންނަ އަތޮޅެއްކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިއަތޮޅަކީ ބަޔޮސްފިޔަރ ރިޒާވްއެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ކަނޑައަޅާފައިވާ އަތޮޅެވެ. މިގޮތުން ހިމާޔަތް ކުރެވިފައިކަމަށް ޔުނެސްކޯއިން ކަނޑައަޅަފައިވާ 10 ސަރަޙައްދަކާއި، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބެލެހެއްޓެމުންދާ 03 ސަރަހައްދެއް މިއަތޮޅުގައި އޮވެއެވެ. އަދި މިއަތޮޅު ދަރަވަންދޫގައި އެއަރޕޯޓެއްގެ ޚިދްމަތުގެ އިތުރުން އޭދަފުށި، ތުޅާދޫ އަދި ދަރަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދްމަތާއި، އޭދަފުށީގައި މޯލްޑިވްސް އިންލޭންޑް ރެވެނިޔުގެ ޚިދުމަތްތާއި ޕޯސްޓްގެ ޚިދްމަތުގެ އިތުރުން ދިރާގު، އުރީދޫ އަދި އެސް.ޓީ.އޯގެ ޚިދްމަތްތައް ލިބެމުން ދެއެވެ. 