ބ. އަތޮޅު ކައުންސިިލް

2011 ވަނަ އަހަރު ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ޤާނޫނަށް ޢަމަލު ކުރަންފެށުމާއެކު ، ''އަތޮޅު އޮފީސް'' ތަކުގެ ނަންވަނީ ''އަތޮޅު ކައުންސިލް އިދާރާ '' ގެ ނަމަށް ބަދަލުކުރެވިފައެވެ. ކުރީގައި އަތޮޅު ހިންގުމަށް އަތޮޅު ވެރިންގެ ބަދަލުގައި ހަމަޖެހިގެންދިޔައީ، އަތޮޅު 3 ދާއިރާއިރާކަށް ބަހާލެވި 1 (ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ތުޅާދޫ) ، 2 (ހިތާދޫ، އޭދަފުށި، މާޅޮސް) ، 3 (ދަރަވަންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލު، ކެންދޫ) ކޮންމެ ދާއިރާއަކުން، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ 2 ކައުންސިލަރުންނެވެ. 3 ދާއިރާއަކަށް ބަހާލެވިފައިވާތީ ޖުމްލަ އަތޮޅު ކައުންސިލްގެ މެންބަރުގެ ޢަދަކީ 6 ބޭފުޅުންނެވެ.

26 ފެބްރުއަރީ 2011 ވަނަ ދުވަހު ކައުންސިލްގެ ފުރަތަމަ ދައުރުގައި ބ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި ހުވާކުރެވީ ކެންދޫ ދާއިރާއިން ޢަލްފާޟިލް އަބްދުއްރަޙްމާން އަބްދުﷲ ، ދިލާސާގެ / ބ.ކެންދޫ ، އަލްފާޟިލް އަބްދުލް މުއުމިން އާދާމް ،ގުލްޝަންޕާގެ / ބ.ކެންދޫ، އޭދަފުށީ ދާއިރާއިން އަލްފާޟިލް އަބޫބަކުރު އަބްދުއްރަޙްމާން ، ކީސްވިލާ / ބ.މާޅޮސް ، އަލްފާޟިލް ޙުސައިން ޒަމީލް ، ގުލްޝަންކިނާރާ / ކ.މާލެ ، ތުޅާދޫ ދާއިރާއިން އަލްފާޟިލް އިބްރާހިމް ރަޝީދު ، ޗާންދަނީގެ / ބ.ތުޅާދޫ ، އަލްފާޟިލް މުޙައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ އެވެ .

26 ފެބްރުއަރީ 2014 ގައި ދެވަނަ ދައުރަކަށް އަތޮޅުކައުންސިލަރުންނަށް ހުވާކުރެއްވި ކައުންސިލަރުންނަކީ ، ކެންދޫ ދާއިރާ އިން ޢަލީ ނާއިޛް ، ރޯޒްމީޑް / ބ.ކަމަދޫ ، ޙަސަން ސިރާޖް ، ހަވީރީނާޒް / ބ.ކުޑަރިކިލު ، އޭދަފުށީ ދާއިރާއިން މަބުރޫކު ނަޞީރު ، މީނާޒު /ބ. އޭދަފުށި ، އިބްރާހިމް ރަޝީދު ހީނާމާގެ / ބ.އޭދަފުށި ތުޅާދޫ ދާއިރާއިން ، މުހައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ ، އިބްރާހިމް ޝަރީފް ، ދޭލިޔާގެ / ބ.ތުޅާދޫއެވެ.

26 ފެބްރުއަރީ 2017 ގައި ތިންވަނަ ދައުރަކަށް އަތޮޅުކައުންސިލަރުންނަށް ހުވާކުރެއްވި ކައުންސިލަރުންނަކީ ، ކެންދޫ ދާއިރާ އިން ފާތިމަތު ސިފާނާ ، ފަޒީނާ މަންޒިލް / ބ.ދޮންފަން ، އޭދަފުށީ ދާއިރާއިން މަބުރޫކު ނަޞީރު ، މީނާޒު /ބ. އޭދަފުށި، ތުޅާދޫ ދާއިރާއިން ، އަހްމަދު އަފްރާހް ، އާރު / ބ.ތުޅާދޫއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހްތަކާއިއެކު 17 މެއި 2021ގައި ހަތަރުވަނަ ދައުރަށް އަތޮޅު ކައުންސިލްގެ ރައީސްއަކަށް ހުވާކުރެއްވީ އަހްމަދު އަފްރާހް ، އާރު / ބ.ތުޅާދޫއެވެ. އަދި ކައުންސިލް މެމްބަރުންގެ ގޮތުގައި އަތޮޅުގެ 13 ރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުން ހުވާކުރެއްވިއެވެ.

ކައުންސިލްގެ މަޤުސަދު

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، (މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް) ހިންގުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރުމެވެ.

މިޝަން

އަތޮޅުގެ ދެމެހެއްޓެނިވި ތަރައްޤީއަށް އައުވިސްނުމާއި، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރޭވިގެން ހިންގޭ، ކޮންމެ މުވައްޒަފަކީ ރައްޔިތުންނާއި ރައްޓެހި، ޚިދުމަތުގެ މައިދާނުގައި ހުނަރުވެރިކަމާއި ޤާބިލްކަން ލިބިފައިވާ، ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ރައްޔިތުންނަށް ހަމަހަމަ ކަމާއެކު  އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދޭ، އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް މަސައްކަތްކުރާ އަދި އެހެން އަތޮޅުތަކަށް ނަމޫނާ އިދާރާ އަކަށް ވުމެވެ.

ކައުންސިލްގެ މަޤުސަދު

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، (މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް) ހިންގުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރުމެވެ.

ވިޝަން

2030 ވަނަ އަހަރަށް ދާއިރު އަޅުގަނޑުމެންގެ އަތޮޅު ވާނީ ހިތްގައިމު ފަންނުވެރި ނޫފެހި އަތޮޅަކަށެވެ.

ހިތްގައިމު

ބ. އަތޮޅު ތަސައްވުރު ވާނީ ހާސްކަމެއްނެތި ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު އެތަނެއްގައި ދިރިއުޅެވޭ، ކުށްމަދު އިސްލާމްދީނަށް ލޯބިކުރާ ހިތްހެޔޮ އާބާދީއެއް ދިރިއުޅޭ ތަނެއްގެ ގޮތުގައެވެ.  
ގުދުރަތީ ގޮތުން ބ.އަތޮޅަށް ލިބިފައިވާ ޚާއްސަ ރީތިކަމާއި ފުރިހަމަކަން ގެއްލުނަނުދީ ހިމާޔަތްކޮށް، ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ނަލަކަމާއި ޗާލޫކަން އިތުރުކޮށް ދިރުންހުރި ސާފު ވެއްޓެއް ކަށަވަރުކޮށް ދޭނެއެވެ.
ބ އަތޮޅު ވާނީ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނަމޫނާ މެހެމާންދާރީއެއް އަދާކުރާ ރީތި ހިތްގައިމު ހިތަށް ފިނިކަން ލިއްބައިދޭ ތަނަކަށެވެ. ހާސްކަމެއްނެތި ހިތްހަމަޖެހުމާއެކު އުޅެވޭ ތަނަކަށެވެ.

ފަންނުވެރި

ބ.އަތޮޅު ވާނީ ހުނަރުވެރި އުފެއްދުންތެރި ކުޅަދާނަ މަސައްކަތްތެރިންގެ އަތޮޅަކަށެވެ. 
ބ. އަތޮޅުގެ ފަންނުވެރިކަން މުޅި ދިވެހިރާއްޖެއަށް މަޝްހޫރުވެފައިވާ އަތްތެރި މަސައްކަތްތާއި، ލިޔެލާ ޖެހުމާއި، ފޭލި ވިޔުމާއި، ރުކުފަތީގެ މަސައްކަތާއި، ސަގާފީ ކުޅިވަރުތަކާއި ދިވެހި ބޭސްވެރިކަން ފަދަ މަސައްކަތްތައް ދިރުވާއާލާކޮށް މިފަދަ ހުނަރުތައް މުޅިރާއްޖެއަށް ފަތުރާ ހަބަކަށް ބ. އަތޮޅު ވާނެއެވެ.
މި އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަކީ މަސައްކަތްތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީ އާއްމުވެފައިވާ އަތޮޅަކަށް ވާނެއެވެ.

ނޫފެހި

ބ. އަތޮޅުގެ އެންމެހާ ރަށްތަކަކީ މަލަ ފެހި ސާފު ހިތްގައިމު ގޮނޑުދޮށްތަކާއި ރީތި އަތިރިމަތިތައް ލިބިފައިވާ ފެހިކަން ގަދަ ރަށްތަކަށް ވާނެއެވެ. 
ކަނޑު ފަރު އަދި ފަޅުގެ ދިރުންތަކާއި އެތަންތަނުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ފަޅާއި ފަރާއި ބިމުން ނަފާވެރިކަން ހޯދާ ދުޅަހެޔޮ ރަށްފުށު ނޫފެހި އިގްތިސާދެއް ބިނާކުރާނެއެވެ.

ތަފާސް ހިސާބުގެ ބައި

+15،418

ރަށްވެހިން (ޖޫން 2024 ގެ ނިޔަލަށް)

+7524

އަންހެން

+7894

ފިރިހެން