ބ. އަތޮޅު ކައުންސިލްގެ އިދާރާއަށް މަރުޙަބާ

ތައާރަފް

މާޅޮސްމަޑުލު ދެކުނުބުރި (ބ އަތޮޅު) އަކީ، މާޅޮސްމަޑުލު އުތުރުބުރިއާއި އިންވެގެން ދެކުނުގައިވާ އަތޮޅުކެވެ. އަތޮޅުގެ ބޮޑުމިނަކީ، އުތުރުން ދެކުނަށް 33.5 މޭލެވެ. އިރުން ހުޅަގަށް ހުންނަނީ، 24.5 މޭލެވެ. މީހުން ދިރިއުޅެނީ، 13 ރަށުގައެވެ. ފަޅުރަށުގެ ޢަދަދަކީ، 63 އެވެ. ރިޒޯޓްގެ އަދަދަކީ 18 އެވެ. 1968 ވަނަ އަހަރާ ހަމައަށް އަތޮޅުގައި މީހުން ދިރިއުޅުނު ރަށުގެ އަދަދަކީ، 16 އެވެ. މީގެ ތެރޭން އުޑޫދޫ، ފުނަދޫ، މާއްޑޫ މީހުން 1968 ވަނަ އަހަރުގެ ތެރޭގައި ވަނީ، އޭދަފުއްޓަށް ބަދަލުކޮށްފައެވެ. ކިހާދޫ މީހުން 1968 ވަނައަހަރުގެ ތެރޭގައި ހިތާދުއަށް ބަދަލުކުރުމަށްފަހު 1975 ވަނައަހަރު އެބުރިވަނީ، ކިހާދުއަށް ބަދަލުވެފައެވެ. މިކަންހިންގީ އެދުވަސްވަރު ސަރުކާރުން ހިންގެވި މަޝްރޫޢަކާއި ގުޅިގެންނެވެ.