ބ. އޭދަފުށީ

ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 20 މާޗް 2025 - 00:31

ތަފްސީލް
ޖުމްލަ
ފިރިހެން

1811

އަންހެން

1689

ޖުމްލަ
3500

ރަށުގެ މައުލޫމާތު

އާބާދީ
3500

އޭދަފުށްޓަކީ މާލެއާއި ގާތްގަޑަކަށް 64 މޭލު ދުރުގައި އޮންނަ ރަށެކެވެ. އެއީ ކަނޑު ބޯޓުގައި ނަމަ ގާތްގަނޑަކަށް ހަގަޑިއިރުގެ ދުރުމިނެކެވެ. އަދި ސްޕީޑް ލޯންޗެއްގައި ނަމަ ދެ ގަޑިއިރުގެ ދުރުމިނެކެވެ. ގާތްގަޑަކަށް ބ. އަތޮޅުގެ މެދުގައި އޮންނަ މި ރަށުގެ އާބާދީއަކީ 3474 މީހުންނެވެ. 2014 ވަނަ އަހަރުތެރޭގައި އަލަށް ހިއްކި ސަރަހައްދާއިއެކު ރަށުގެ ބޮޑުމިނުގައި 55 ހެކްޓަރ ހުންނަ މި ރަށުގައި ގާތްގަޑަކަށް 2300 މީހުން ދިރިއުޅެމުންދެއެވެ. އޭދަފުށްޓަކީ ހުރިހާ ރޮނގަކުން ބެލިކަމުގައިވިޔަސް އަތޮޅުހެ ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީވެފައި އޮތްރަށެވެ. 1995 ވަނަ އަހަރުންފެށިގެން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް މިރަށުން ލިބެއެވެ. ނަރުދަމާ ނިޒާމް ވަނީ ގާއިމް ކުރެވިފައެވެ. ލަފާފުރުން ފަސޭހަކުރުމަށްޓަކައި 900 ފޫޓު ދިގުމިނުގެ ބަނދަރެށް މިރަށުގައިވަނީ ހެދިފައެވެ.  ގޭގެއަށް ޓެލެފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ލިބެއެވެ. ދިރާގާއި އޫރިދޫގެ މުހިންމު ހުރިހާ ޚިދުމަތްތަކެށް މިރަށުން ލިބެންހުރެއެވެ.  އޭދަފުށްޓަކީ ތައުލީމީ  ގޮތުން ބެލިކަމުގައިވިޔަސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. ރަށުގައި އޭލެވެލްއާ ހަމަޔަށް ހިލޭ ތައުލީމް ހާސިލް ކުރެވެއެވެ.   މާސްޓާސް ފެންވަރަށް ކޯސްތައް ކުރިއަށްގެންދާ ވިލާކޮލެޖުގެ ކެމްޕަހެން މިރަށުގައި ހުރެއެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރުގެ ޚިދުމަތް ލިބެންހުންނަ އަތޮޅު ހޮސްޕިޓަލެއް މިރަށުގައިވަނީ ވަރަށް ކުރީއްސުރެން ގާއިމް ކުރެވިފައެވެ. އުމްރާނީ ތަރައްޤީއަށް ބަލާއިރުވެސް އޭދަފުށްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދިފައިވުމާއިއެކު ރަށުގެ ގިނަމަގުތަކަކީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއިއެކު ދަތުރުކޮށް އުޅެވޭނެ ޖާގަ އޮތް މަގުތަކެކެވެ. ރަށުގެ ގިނަގޭގެއަކީ ރަނގަޅުފެންވަރަކަށް ހަދާފައިހުރި ގޭގެއެވެ. ވަރަށްމަދު ގެއެއްމަނުވީ ހުންނާނީ ވަށާ ފާރުރާނާ ސިމެންތިޖަހާ ކުލަލާފައެވެ. މިރަށު ގިނަގޭގޭގައި ރަގަޅު ފެންވަރަކަށް ހަދާފައި ހުންނަ ކުއްޔައްދޭ ކޮޓަރި ފުދޭވަރަކަށް ގިނައިން ހުރެއެވެ. މީގެ އިތުރުން މިރަށުގައި ކެފޭ ރެސްޓޯރަންޓް ގެ ގޮތުގައި ހިންގަމުން އަންނަ 10 ތަން ހުރެއެވެ. މި ހުރިހާ ތަންތަނަކީ ވެސް އާއްމުކޮށް ޚިދުމަތްދޭ ހުރިހާ ގަޑިއެއްގައިވެސް ހުޅުވާފައި ހުންނަ ތަންތަން ކަމަށް ވުމާއި އާންމުކޮށް ކެފޭ ރެސްޓޯރަންޓް ތަކުން ލިބެންހުންނަ ހުރިހާ ބާވަތެއްގެ ކާނާ އެތަންތަނުން ލިބެންހުރެއެވެ.

ތައުލީމް

ބ. އަތޮޅު ކޮމިއުނިޓީ ސްކޫލްގެ ނަމުގައި ސްކޫލް ހުޅުވުނީ 1971 ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. ފަހުން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމަށް ބަދަލުކުރެވިފައިވެއެވެ.

މިސްކޫލުގައި ޕްރިންސިޕަލްއަކާއި، ޑެޕިއުޓީ 2 ޕްރިންސިލްގެ އިތުރުން ސްޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތް ކުރެވެމުންދެއެވެ. މިސްކޫލުގައި އޭލެވެލްއާ، އޯލެވެލް ފެންވަރަށް ކިޔަވައިދެމުން ގެންދެއެވެ.
ގްރޭޑް 1 ން 12 ހަމައަށް ކިޔަވާ ދެމުން ދާއިރު މިހާރު ސްކޫލްގެ އާބާދީއަކީ 679 ދަރިވަރުންނެވެ. އެއީ 322 އަންހެން ކުދިންނާއި 278 ފިރިހެން ކުދިންނެވެ. ދިވެހި 39 ޓީޗަރުން، ބޭރުޓީޗަރުންގެ އަދަދަކީ 23 ބިދޭސީ ޓީޗަރުން ޚިދުމަތުގައި ތިއްބަވައެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

ސްކޫލްތަކުގެ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ސްކޫލްގެ ދަރިވަރުން ބައިވެރިވެ ގިނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުންވެސް ސްކޫލްގެ ދަރިވަރުން އަންނަނީ ރަންވަނަތައް ހޯދަމުންނެވެ.

ސްކޫލްގެ ޢުމުރާނީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވެއެވެ. އެގޮތުން ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ސްމާޓް ބޯޑު ސްކޫލަށް ހަދިޔާކޮށްފައިވެއެވެ. މިސްކޫލުގައި ސައިންސް ލެބް، އަދި ލެބޯޓްރީގެ ޚިދުމަތް ރަގަޅުފެންވަރެއްގައި ޤާއިމް ކުރެވިފައިވެއެވެ.

އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް ގައި 80 ދަރިވަރުން ކިޔަވަމުން ދެއެވެ. ޕްރީސްކޫލް ހިންގަނީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއިން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. މިތަނުގައި 4 ޓީޗަރުން ކިޔަވައިދިނުމަށް ތިއްބަވައެވެ. މިސްކޫލުގައިވެސް ރަށުންބޭރުކުދިން ތަޢުލީމުޙާސިލު ކުރަމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.


ސިއްޙަތު

މާލޮސްމަޑުލުދެކުނުބުރީ އަތޮޅުހޮސްޕިޓަލުގެ ނަމުގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި އަތޮޅު ހޮސްޕިޓަލެއް ޤާއިކުރެވިފައިހުރެއެވެ. މިތަނަކީ 24 ގަޑިއިރުގެ ޚިދުމަތް ލިބެމުން އަންނަ ތަނެކެވެ. މިތަނުގައި 9 ޑޮކްޓަރުންނާއި، 23 ނަރުހުން މިހޮސްޕިޓަލުގައި މަސައްކަތް ކުރަމުންގެންދެއެވެ. މިތަނުން ޢާއްމު ބަލިތަކުގެ ޓެސްޓްތައް ހެދުމަށްޓަކައި އެކްސްރޭގެ ޚިދުމަތާއި، އާއްމުބަލިތަކުގެ ޓެސްޓްތައް ހެދުމަށްޓަކައި މެޝިނަރީތައް ޤާއިމުކުރެވިފައިވެއެވެ. އަދި މިހޮސްޕިޓަލަކީ އަންހެނުންގެ ޚާއްސަ އޮޕަރޭޝަންގެ ޚިދުމަތް ލިބެމުންއަންނަ ތަނަކަށްވާތީ ނ.ރ.ބ.ޅ މި ހަތަރު އަތޮޅުތަކުގެ މީހުންނަށް މިހޮސްޕިޓަލުން ޚިދުމަތް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ.

 

މަސައްކަތްތެރިކަން

އޭދަފުއްޓަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ވިޔަފާރި، ރިސޯޓްތަކުގެ ވަޒީފާ، ވަޑާންކުރުން، ރޭނުމުގެ މަސައްކަތް، ރޯނުވެށުން، ފަންގިވިނުން ފަދަ މަސައްކަތް ހިމެނެއެވެ. ވަޒީފާގެ ފުރުޞަތު ކައިރި ރިސޯޓްތަކުން ފަހިވެފައިވާތީ، ގިނަ އަދަދެއްގެ މީހުންނަކީ ވަޒީފާތަކުގައި ޙަރަކާތްތެރިވަމުން ދާބައެކެވެ. މިރަށުގެ ރައްޔިތުންނަކީ އަމިއްލަ މަސައްކަތްކޮށް ދިރިއުޅުމަށްޓަކައި ބުރަ މަސައްކަތްކޮށްގެން ދިރިއުޅެމުންދާ ހީވާގި ރައްޔިތުންތަކެއް އުޅޭ ރަށެކެވެ.

ކުޅިވަރު

އޭދަފުއްޓަކީ ޒަމާނުއްސުރެ ފުޓްބޯޅައާއި ބަށި ކުޅުމަށް މަޝްހޫރުވެފައިވާ ރަށެކެވެ. ފުޓްބޯޅައިގައި އެންމެކުރިއްސުރެފެށިގެން މިއަދާއި ހަމަޔަށް އެކިއެކި ކާމިޔާބީތައް ހާޞިލުކުރަމުން އަންނަ އެއްރަށެއްގެ ޒުވާނުންތަކެއް އެކުލެވިފައިވާ ރަށެއްކަން ފާހަގަކޮށްލެއެވެ. އެކިއެކި މުބާރާތްތަކުގައި ރަންވަނަ ޙާސިލުކޮށްފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ. ޒުވާނުން ކުޅެ އުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ބަށި، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަތޮޅު ފެންވަރުގައާއި ޤައުމީ މުބާރާތްތަކުގައި ރަންވަނަތަކެއް ޙާސިލުކޮށްފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

 

ރަށުގެ ތާރީޚް

އޭދަފުށީގެ ތާރީޚްތަކުގައި ފާގަކޮށްލެވޭފަދަ ކަންތަކުގެ ތެރޭގައި ބ.ފުނަދޫގެ ރައްޔިތުން ފުރަތަމަ ބަދަލުކުރަންފެށިފައިވެއެވެ. އޭގެތެރެއިން ފުރަތަމަ 8 ގޭގެމީހުން އޭދަފުއްޓަށްބަދަލުކުރެވުނީ 18 އޯގަސްޓް 1968 ގައެވެ. ފުނަދޫގެ އަނެއް 15 ގޭގެމީހުން ބަދަލުކުރެވުނީ 18 އޯގަސްޓް 1968، އުޑޫދޫގެ ފުރަތަމަ 17 ގޭގެމީހުން ބަދަލުކުރެވުނީ 21 ސެޕްޓެމްބަރ 1968، އުޑޫދޫގެ 5 ގޭގެމީހުން ބަދަލުކުރެވުނީ 25 ސެޕްޓެމްބަރ 1968، މާއްޑޫގެ ފުރަތަމަ 8 ގޭގެ މީހުން ބަދަލުކުރެވުނީ 7 ނޮވެމްބަރ 1968، މާއްޑޫގެ 24 ގޭގެމީހުން ބަދަލުކުރެވުނީ 17 ޑިސެމްބަރ 1968ގައި ބަދަލުކުރެވިގެން ދިޔައެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވީ ބ.އޭދަފުށީ ރޯޝަނީގެ އަލްފާޟިލް ޔޫސުފް ކަލޭފާނުއެވެ. އޭދަފުށިގައި ވިލާކޮލެޖުގެ ކެމްޕަހެއް 4 ފެބްރުއަރީ 2013 ގައި ގިނަކޯސްތަކަކާއި އެކު ހުޅުވިގެން ދިޔައެވެ. 2008 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަސް 05 ޖޫން ގައި އޭދަފުށީގައި ޤައުމީފެންވަރުގައި ފާހަގަ ކުރެވިފައިވެއެވެ. ބަޔޮސްފިއާ ރިޒާރވް އޮފީހަކާއި ކޮންޒަވޭޝަން ފަންޑެއް 13 ޖޫން 2012 ވަނަދުވަހު މިރަށުގައި ހުޅުވުނެވެ. 1985 ވަނައަހަރު އަހަރު ޤައުމީ މުބާރާތުގެ 2 ޑިވިޒަނުގެ ފުޓުބޯޅައިގެ ތަށި އޭދަފުށީ ޒުވާނުންގެ ޖަމުޢިއްޔާގެ ޓީމު ޙާސިލުކޮށްފައިވާކަން ފާގަކުރަމެވެ.