ބ. ގޮއިދޫ

ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 20 މާޗް 2025 - 01:20

ތަފްސީލް
ޖުމްލަ
ފިރިހެން

442

އަންހެން

413

ޖުމްލަ
855

ރަށުގެ މައުލޫމާތު

އަތޮޅު
ދިވެހިރާއްޖެ
ބިމުގެ ބޮޑުމިން
1520 ހެކްޓަރ
އާބާދީ
855
ޕޯސްޓަލް ކޯޑް
06130
ރަށުގެ ކޯޑު
F16 - 325
އެންމެ ކައިރީގައިވާ އެއާޕޯޓް

މި ރަށަކީ އަތޮޅުގެ އެންމެދެކުނުން ގިއޮގްރަފިކަލް ގޮތުން ވަކި އަތޮޅެއްގެ ގޮތަށް (ހޯސްބާރގް އެޓޯލް) 4 ރަށެއް އެކުލެވޭ ބޮޑު ފަޅެއްގެ ތެރެއިން އާބާދީގައި 413 އަންހެނުންނާއި 435 ފިހެނުން ހިމެނޭގޮތަށް ޖުމްލަ 848 މީހުން ދިރިއުޅޭ މިރަށްހިމެނޭ ފަޅުގެ އެންމެ އިރުމަތީ ބިތުގައި އޮންނަ 113 ހެކްޓަރުގެ ބޮޑު ބިޔަރަށެކެވެ. ރަށްކިތަންމެ ބޮޑުވިޔަކަސް ރަށުގެ އާބާދީ ކުޑަވީމަ އެކަސީގެންވާ ތަރައްޤީ އައިސްފައި ނެތްކަން ފާހަގަ ކުރެވެއެވެ. މިރަށަކީ މިފަޅުތެރޭގައިވާ ދެރަށުގެ މީހުން މިރަށް ބަދަލު ކޮއްފިނަމަ ފަސޭހަކަމާއި އެކު ތަރައްޤީ ކުރެވެންއޮތް ރަށެކެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި، ސަރުކާރުވަޒީފާ އަދާކުރުމާއި، ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ. މިހާރަކަށް އައިސް މަސްވެރިކަމުން އާމްދަނީ ހޯދަނީ ވަރަށް މަދު ބައެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތްތައް ކުރެއެވެ. މިރަށުގައި ސަރުކާރުން ހަދާދީފައިވާ ވަރަށް ފުރިހަމަ ބަނދަރެއް ބަނދަރެއް އޮވެއެވެ.

 

ތަޢުލީމު

ސަރުކާރާއި ރައްޔިތުން އިމާރާތްކޮށްފައިވާ ސްކޫލެއް މިރަށުގައި ހުރެއެވެ. މިސްކޫލްގައި ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެއެވެ. 1 ކޮމްޕިއުޓަރލެބްގެ ޚިދުމަތް ދެވެމުންދެއެވެ. މި ސްކޫލްގެ ކޮންޕިއުޓަރ ލެބަކީ މިކައުންސިލް އިދާރާއިން ހަދިޔާކުރި 10 ކޮމްޕިޓަރ ސިސްޓަމާއި ވިހަފާރިވެރިޔާ ޤާސިމް އިބްރާހީމް ހަދިޔާކުރި 10 ކޮންޕިއުޓަރ ސިސްޓަމާއި 1 ސްމާރޓްބޯޑާއި އިންޓަރނެޓުގެ ޚިދުމަތް ލިބޭގަތަށް ކޮމްޕިޓަރ ސްޓަޑީޒް ކިޔަވާދެމުންދާ ސްކޫލެކެވެ. މި ސްކޫލް ކޮމްޕިޓަރ ކިޔަވާދޭ ޓީޗަރުގެ މުސާރަ ދެމުންދަނީ ކައުންސިލް އިދާރާއިން ކޮންމެ މަހަކު ދޭ 3000 ރުފިޔާއާއި ކޮމްޕިއުޓަތ ކިޔަވާކުދިން އަތުން ފީނަގައިގެން ލިބޭ ފައިސާ ހިމެނޭގަތަށެވެ.
ޕްރީސުކޫލު ތަޢުލީމް ދެމުން ގެންދަނީ ކައުންސިލް އިދާރާގެ ޕްރީސުކޫލު އިމާރާތުގައި ކައުންސިލް އިދާރާއިންނެވެ.

 

ޞިއްޙަތު

ގޮއިދޫގައި ސިއްޙީ ޚިދުމަތް މީގެ އަހަރުތަކެއް ކުރިން ދެވެމުން އައީ އާއިލާގެ އެހީތެރިންގެ ފެންވަރުގައި މިރަށު އޮފީހުގައެވެ. މިހާރު ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ 3 ވަނަ ދަރަޖައިގެ ސިއްޙީމަރުކަޒެއް ހުރެއެވެ. މިމަރުކަޒުގައި ޑޮކްޓަރަކާއި 4 ނަރުހުންގެ ޚިދުމަތް ލިބެން ހުރެއެވެ.
ޕަބްލިކް ހެލްތުގެ ޚިދުމަތް ދެވެމުންދަނީ ސިއްޙީ މަރުކަޒުންނެވެ. ބޭސްފިހާރައިގެ ޚިދުމަތް ދެމުންދަނީ ކައުންސިލް އިދާރާގެ ފަރާތުންނެވެ.
ސިއްޙީ މަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ދެވެމުން ދެއެވެ. ނަމަވެސް އެކަށީގެން ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތުމާއެކު، ބޮޑެތި ބަލިތަކާއި، އެކިބަލިތަކާ ގުޅޭގޮތުން ހަދަންޖެހޭ ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް ދާންޖެހެނި އޭދަފުއްޓަށާއި މާލެއަށެވެ.

Baa Goidhoo

ބ ގޮއިދޫ