ބ. ކަމަދޫ
ރަށުގެ އާބާދީ
އެންމެ ފަހުން އަދާހަމަ ކުރެވުނީ: 20 މާޗް 2025 - 00:25
ތަފްސީލް |
ޖުމްލަ |
---|---|
ފިރިހެން |
276 |
އަންހެން |
289 |
ޖުމްލަ |
565 |
ރަށުގެ މައުލޫމާތު
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ އަކީ ބ. އަތޮޅުގެ އެންމެ އުތުރުބިތުގައި ބަރަވެލިކަނޑު މޫނަށްވާގޮތައް އޮތް ހަމައެކަނިރަށެވެ. ރަށުގެ ބޮޑުމިނަކީ 16.20 ހެކްޓަރ އެވެ. ތަބީޢީ ގޮތުން ރަށް އުފެދިފައިވަނީ ރަށުގެ މަލައުސް ހަތަރުބިތައް ގާތްގަނޑަކަށް އެއްވަރަށް، ރަށުގެ ދެކުނުފަރާތަށް ބިންގަނޑު ތިރި ރަށެއްގެ ގޮތުގައެވެ. އާބާދީއަކީ 291 އަންހެނުންނާއި 269 ފިރިހެނުންނެވެ. މީހުންނެވެ. ޖުމްލަ 560 މީހުން ދިރިއުޅޭ މިރަށުގެ މީހުން ދިރިއުޅުމަށް ކުރާމައިގަނޑު މަސައްކަތްތަކަކީ ފަންގެ ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުމާއި އަދި ޓްވަރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން ކޮންޓްރެކްޓް މަސައްކަތް ކުރުމެވެ. ރަށުގައި އިޖުތިމާޢީ ރޫޙު އާލާކޮށްދިރުވުމަށާއި އަދި ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ޙަރަކާތް ތެރިވާ ދެ ޖަމްޢިއްޔާ އޮވެއެވެ. އަދި ރަށުގައި ދަނޑުވެރިކަމާއި އެފަދަ އެހެން ކަނކަން ކުރިއެރުވުމަށް ރަށުގެ ނިސްބަތުން ގިނަ އަންހެނުން ހަރަކާތްތެރިވާ ސޮސައިޓީއެއް އޮވެއެވެ.ރަށުގެ ޢުމްރާނީ ޙާލަތަށް ބަލާއިރު ރަށުގައި ޙުކުރުމިސްކިތަކާއި މަދަރުސާއެއް އަދި ހެލްތް ސެންޓަރަކާއި ރަށުކައުންސިލް އިދާރާ މެޖިސްޓްރޭޓްކޯޓް ހިމެނޭގޮތުން ވަނީ ޤާއިމްކުރެވިފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރާއި ޤަބުރުސްތާނުވަނީ ރަނގަޅުފެންވަރެއްގައި ޤާއިމްކުރެވިފައިވެއެވެ. އަދި ނޯދަން ޔުޓިލިޓީޒްގެ ފަރާތުން ރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއެއް މިހާރުވަނީ ޢިމާރާތްކޮށް ނިމިފައެވެ. ރަށުގެ އެހެނިހެން ޙާލަތަށް ބަލާއިރު ރަށުގެ ފެން ބައެއް ހިސާބުތަކުގައި މިހާރުވަނީ ބޭނުން ނުކުރެވޭވަރަށް ތަޣައްޔަރުވެފައެވެ. އާދައިގެ ފެންވަރަކަށް ކަރަންޓް ނެޓްވޯކްއެޅި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރު ލިބެއެވެ. މުވާސަލާތީ ގޮތުން ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ލިބިދޭނެ ދިރާގު އެންޓަނާއަކާއި އަދި އުރީދޫ އެންޓަނާއެއް ރަށުގައި ޤާއިމްކޮށްފައިވެއެވެ. ރަށުގައި ކިޔަވައިދޭ އެންމެމަތީ ގްރޭޑަކީ ގްރޭޑް 10 އެވެ. އެންމެ އާދައިގެ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ލިބިދެއެވެ.
ތައުލީމް
ކަމަދޫ މަދަރުސާގައި ގްރޭޑް 10 އަށް އަންނަނީ ކިޔަވައިދެމުންނެވެ. އަދި ނާސރީ ލެވެލްގެ ކުދިންނަށް ކިޔަވައިދޭ ޕްރީސްކޫލް އެއް މި ރަށުގައި ގައިމް ކުރެވިފައިވެއެވެ.
ސިއްޙަތު
އެންމެ އާދައިގެ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ލިބިދެއެވެ. ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް އަދި 2 ނަރުސްގެ އިތުރުން 3 ކޮމިޔުނިޓީ ހެލްތް އޮފިސަރުން ތިއްބަވައެވެ. އަދި އެއެއްވެސް އާއްމު ބަލި ތަކުގެ ޓެސްޓެއް ހެދޭކަށް މި މަރުކަޒުގައި ނުހުރެއެވެ.
މަސައްކަތްތެރިކަން
ޖުމްލަ 560 މީހުން ދިރިއުޅޭ މިރަށުގެ މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތްތްކަކީ ފަން ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުމާއި އަދި ޓްވަރިޒަމް ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ކޮންޓްރެކްޓް މަސައްކަތް ކުރުމެވެ. ރަށުގައި އިޖްތިމާޢީ ރޫހު އާލާކޮށް ދިރުވުމަށާއި އަދި ދީނީގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް އޮވެއެވެ. އަދި ރަށުގައި ދަނޑުވެރިކަމާއި އެފަދަ އެހެން ކަންކަން ކުރިއެރުވުމަށް ރަށުގެ ނިސްބަތުން ގިނަ އަންހެނުން ހަރަކާތްތެރިވާ ސޮސައިޓީއެއް އޮވެއެވެ.
ކުޅިވަރު
ރަށުގައި ފުޓްބޯޅަ، ވޮލީ، ބަށި، ނެޓްބޯލް ފަދަ ކުޅިވަރުތައް ކުޅެހަދައެވެ. މީގެ އިތުރުން ސަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރު، ދަފިނެގުން، މާލި ނެރުން، ބަނޑިޔާ ޖެހުން، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ފެންކުޅި ކުޅުން، ކޯޑިޖެހުން ފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ.