ބ. ތުޅާދޫ

ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 19 މާޗް 2025 - 23:57

ތަފްސީލް
ޖުމްލަ
ފިރިހެން

1634

އަންހެން

1500

ޖުމްލަ
3134

ރަށުގެ މައުލޫމާތު

އާބާދީ
3134

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫއަކީ ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައިއޮތް، މަސްވެރިކަމަށްރަގަޅު، ބޮޑުމިނުގައި 40 ހެކްޓަރ ހުންނަ، ގަސްގަހާގެހި މަދު، ރުއްގަސް މަދު ،ލަފާ ފުރަން ފަސޭހަ، ހިތްހެޔޮ އެކުވެރި ތަރައްޤީއަށް މަސައްކަތް ކުރާ ހީވާގި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. މިރަށް އޮންނަނީ އަތޮޅުގެ ގޮއިދު އަތޮޅުގެ އުތުރު ހުޅަނގުންނެވެ. މިރަށާއި ވެރިކަން ކުރާރަށް އޭދަފުއްޓާއި ހުރި ދުރުމިނަކީ 14.50 މޭލެވެ. ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ 68 މޭލެވެ.

ތުޅާދޫގެ ރައްޔިތުން އާންދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި، ލިޔެލާޖެހުމާއި، ވަޑާންކުރުމެވެ. ރަށުގެ ބިންގަނޑަކީދަނޑުވެރިކަންކުރުމަށްއެކަށޭނަ ބިމެއްކަމަށް ބެލެވިފައިވީނަމަވެސް ރަށުގައި ދަނޑުވެރިކަން ކުރާނެ ބިމެއްނެތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާމީހުންނާއި، ވަޑާންކުރާމީހުންނާއި،އެސްޓިމޭޓަށް މަސައްކަތްކުރާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތާއި، ވިޔަފާރި ކުރުމަކީ ތުޅާދޫގެ ރައްޔިތުން ޢާއްމުކޮށް ދިރިއުޅުމަށް ކުރާ މައިގަޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ.


ތަޢުލީމު

މިރަށުގައި ސަރުކާރުން ހިންގާ "ތުޅާދޫ ސްކޫލު" ގައި 315 ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާއިރު، 01 ން 10 ށް ކިޔަވައިދެމުން ގެންދެއެވެ. އަދި މީގެ އިތުރުން މިރަށުގައި ޚަރަކާތްތެރިވަމުންގެންދާ ތުޅާދޫ ސްޕޯޓްސްކުލަބުގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ "ތުޅާދޫ ޕްރީސްކޫލް" ގައި 61 ދަރިވަރުން އަދި މިރަށުގައި ޚަރަކާތްތެރިވަމުންގެންދާ ތުޅާދޫ ސިލްވަރ ޝައިން ކުލަބްގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ "ތުއްތުކުދިންގެ ޕްރީސްކޫލް' ގައި 51 ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންގެންދެއެވެ.

 

ތުޅާދޫގެ ތާރީޚް

1111ހ. ވަނައަހަރު މިރަށުގައި އައްޞުލްތާން މުޙައްމަދު ބިނާކޮށްދެއްވި ހިރިގަލު މިސްކިތެއް ހުއްޓެވެ. މިޒަމާނުގެ މިސްކިތެއް ބިނާކުރަންވެގެން އެމިސްކިތް ތަޅާލެވިފައިވެއެވެ. އެރަށު ފަޅުގައިއޮތް " ހުރާގަޑެއް " ގައި އެރަށު ރައްޔިތުން ރުއް އެޅުމުގެ ހުއްދަ ދެއްވީ އައްޞުލްތާނު މުޙައްމަދު މުއީނުއްދީން1 އެވެ. ނަމަވެސް މިހާރު އެރަށެއް ނެތެވެ.
މީގެ 300 އަހަރަށްވުރެ ކުރިން ފެށިފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދޫގައި ފެއްޓީ މިއަތޮޅު ފަރެހު ބޮޑު މޫސަ. (ފަރެހަކީ މިހާރު ފަޅުރަށެއް) ނުވަތަ ފަރެހު ދޮންމޫސައެވެ. މިކަން ތުޅާދޫގައިހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި މިސްކިތުގެ މަސައްކަތަށް ބަލާއިރު ސާބިތުވާން އެބަހުއްޓެވެ. އެމިސްކިތް މިހާރުވަނީ ނެތިގޮސްފައެވެ.