ބ. އަތޮޅުގެ ކުނި މެނޭޖުކުރުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް 7 ލައްކަ ރުފިޔާ ދެނީ

22 ފެބްރުއަރީ 2025 - 08:10

ބ. އަތޮޅު ކައުންސިލުން އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލަކަށް އެރަށެއްގެ ކުނި މެނޭޖުކުރުމަށް 700,000 ރުފިޔާގެ އެހީއެއް ދޫކުރުމަށް ނިންމައިފިއެވެ. މި އެހީ އަކީ 2025 ވަނަ އަހަރުގެ މާލީ އެހީގެ ތެރެއިން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް ދެވޭ އެހީއެކެވެ.  

މި އެހީ ހޯދުމަށްޓަކައި ރަށު ކައުންސިލުތަކުން، އެރަށެއްގެ ކުނި މެނޭޖުކުރުމަށް މިފައިސާ ޚަރަދު ކުރުމަށް ރާވާގޮތުގެ ތަފްސީލީ ޕްރޮޕޯސަލްއެއް ހުށަހަޅަންޖެހޭނެއެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް ދެކިލައްވާގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރުމުގެ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.