އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

21 ފެބްރުއަރީ 2025 - 19:33

އިޤްތިޞާދީ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، "އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީނު" ގެ ނަމުގައި ބ.އަތޮޅުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން، ފެބުރުވަރީ 11 އިން 13 އަށް ކުރިއަށް ގެންދިޔަ ތަމްރީނު، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

މިއީ އެލްޖީއޭ، ޔޫ.އެން.ޑީ.ޕީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އަދި ބ.އަތޮޅު ކައުންސިލް ގުޅިގެން، އިނގިރޭސި ހައިކޮމިޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.