
ބ. އަތޮޅުކައުންސިލުން ހޮސްޕިޓަލަށް ޑެންޓަލް ޗެއާ އެއް ހަދިޔާކުރަނީ
ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށްޓަކައި ބ. އަތޮޅު ކައުންސިލުން އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ޗެއާ އެއް ހަދިޔާކުރަން ނިންމާ އަދި މިކަމަށް ޚަރަދުވާނެ ފައިސާ ވަނީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.
މި އެހީ އަކީ 2025 ވަނަ އަހަރުގެ މާލީ އެހީގެ ތެރެއިން އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ދެވޭ އެހީއެކެވެ. އެގޮތުން 680,000 ރުފިޔާގެ އަގުހުރި މި ޑެންޓަލް ޗެއަރ އެއް ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓަރީ އާ ގުޅިގެން އަތޮޅު ހޮސްޕިޓަލުން މިހާދު ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް މުހައްމަދު ޝަކީލު މަޢުލޫމާތު ދެއްވިގޮތުގައި، އަތޮޅު ކައުންސިލުން ހަދިޔާ ކުރާ އާ ޑެންޓަލް ޗެއަރ ބެހެއްޓުމުން ދަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިހާރަށްވުރެ ފެންވަރު ރަނގަޅު، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އެ ފަރާތުން ވިދާޅުވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތްދޭން ފެށީ 2017 ވަނަ އަހަރުއެވެ.