
ބ. އަތޮޅު ކައުންސިލުން އަތޮޅުގެ އެންމެ މޮޅު ދަރިވަރުންނަށް ލެޕްޓޮޕް ދެނީ
ބ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އޯލެވެލް އަދި އޭލެވެލްގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މި އަހަރުވެސް ބ. އަތޮޅު ކައުންސިލުން ލެޕްޓޮޕް ދޭން ނިންމައިފިއެވެ.
މިއީ ބ. އަތޮޅު ކައުންސިލުން އެކި ފަރާތްތަކަށް އެހީ ދިނުމަށް ފާސްކޮށްފައިވާ އުސޫލުގެ ތެރެއިން އަތޮޅުގެ ތައުލީމީ ދާއިރާއަށް ވެދޭ އެހީތަކުގެ ތެރެއިން އެއް އެހީ ކަމަށެވެ.
މިދިޔަ އަހަރުވެސް އަތޮޅު ކައުންސިލުން ވަނީ މި އަތޮޅު ސްކޫލްތަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފައެވެ.
މިއެހީ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ، ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި، އޯލެވެލް އަދި އޭލެވެލްއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށެވެ.